އައްޑޫ ސިޓީ ހުޅުދޫގައި މޫދަށް ގޮސް އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއަދު މޫދަށް ދިޔަ މީހަކު ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނުނީ މިއަދު ހެނދުނު 11:48 ހާއިރު ކަމަށެވެ.

Ad
rt

ފުލުހުން ވިދާޅުވީ އެރަށު ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން އެ އިދާރާ އަށް އަންގާފައިވާ ކަމަށާއި ނިޔާވެފައިވަނީ 78 އަހަރުގެ އަންހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.