ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން (އެންބީއޭއެމް) އިންތިޒާމްކޮށްގެން ބާއްވާ، ފަސް ވަނަ މޯލްޑިވްސް ބޯޓިން އެވޯޑްސްގެ މެއިން ސްޕޮންސާރ އަކަށް ނިޕޮން ޕައިންޓް މެރިން ހަމަޖެހިއްޖެއެވެ.
އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި، އެސްޓީއޯގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސެން ސޮބާހް އެވެ. އަދި އެންބީއޭއެމްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެސޯސިއޭޝަންގެ ރައީސް އިބްރާޙިމް ޝަހިދުއެވެ. އެސްޓީއޯއަކީ ނިޕޮން ޕެއިންޓްގެ އޮފިޝަލް ޑިސްޓިބިއުޓަރއެވެ.
ބޯޓިން އެވޯޑަކީ އެންބީއޭއެމް އިން އިސްނަގައިގެން ކުރިއަށްގެންދާ އެވޯޑް ހަފްލާއެކެވެ. މި އެވޯޑް ދޭން ފަށާފައިވަނީ 2014 ވަނަ އަހރުގައެވެ. މި އެވޯޑަކު ބޯޓިން އިންޑަސްޓްރީގައި މަސައްކަތްކުރައްވާ ފަރާތުގެ އަގުވަޒަން ކުރެއްވުމަށް ބޭއްވެމުންދާ އެވޯޑެކެވެ.
މިއަހަރުގެ ހަފްލާގައި 39 ކެޓެގެރީއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ. މި އެވޯޑް ހަފްލާ އޮންނާނީ 23 ޑިސެމްބަރުގައި ދަރުބާރުގޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!