ރަނުން ޖަރީކޮށްފައިވާ, ދުބާއީގެ އެންމެ އަގު ބޮޑު ގެ 200 މިލިއަން ޑޮލަރަށް ގަންނަން ހުޅުވާލައިފި އެވެ.
"މާބަލް ޕެލަސް" ގެ ނަމުން ނަންދީފައިވާ މި ގެ ބިނާކޮށްފައިވަނީ ގާތްގަނޑަކަށް 80 މިލިއަނާއި 100 މިލިއަނާ ދެމެދުގެ އަދަދެއްގެ ދިރުހަމް ހޭދަކޮށްގެން އިޓާލިއަން ސްޓޯން ބޭނުންކޮށްގެންނެވެ. އަދި 700,000 އަށް ވުރެ ގިނަ ރަން ޝީޓް ހަރުކޮށްފައިވެ އެވެ. އަދި ފާހާނާގެ ޖަކޫޒީ ޖަރީކޮށްފައިވަނީ 24 ކެރެޓްގެ ރަނުންނެވެ.

އެމިރޭޓްސް ހިލްސް ސަރަހައްދުގައި ހުންނަ 60،000 އަކަފޫޓުގެ މިގޭގައި ފަސް ކޮޓަރި ހުރެ އެވެ. މާސްޓަ ބެޑްރޫމްގެ ބޮޑު މިނުގައި 4،000 އަކަފޫޓު ހުރެ އެވެ. ގްރައުންޑް ފްލޯގައި ކެއުމާއި މުނިފޫހިފިލުވުމަށް ކޮޓަރިތައް ހުރެ އެވެ.

އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި 15 ކާރު ޕާކުކުރެވޭ ގަރާޖަކާއި އިންޑޯ އަދި އައުޓްޑޯ ޕޫލާއި ދެ ޑޯމް އާއި 70،000 ލީޓަރު (15،400 ގޭލޯން) ގެ ކޮރަލް ރީފް އެކްވަރިއަމް އާއި ޕަވަރ ސަބްސްޓޭޝަނާއި ޕެނިކް ރޫމް ހިމެނެ އެވެ.

ގޯލްފް ކޯހެއް ފެންނަ ގޮތަށް 70،000 އަކަފޫޓުގެ ގޯއްޗެއް އޮވެ އެވެ.

ގޭތެރެ ޒީނަތްތެރިކޮށްފައިވަނީ 19 ވަނަ ގަރުނާއި 20 ވަނަ ގަރުނުގެ ސަގާފަތް ދައްކާލެވޭ ކުރެހުންތައް ހިމެނޭ ގޮތަށެވެ.

ގާތްގަނޑަކަށް 12 އަހަރު ހޭދަވި މި މަޝްރޫއު ނިންމުމަށްފަހު އެތަން ވިއްކަން ހުޅުވާލާފައިވާ ލަކްސްހެބިޓޭޓް ސޮތޭބީސް އިންޓަނޭޝަނަލް ރިއަލްޓީން ބުނެ އެވެ. އެ ކުންފުނިން ބުނިގޮތުގައި އެ ތަނުގެ އަގު ޖަސްޓިފައި ކުރެވެނީ އެތަން ބިނާކުރުމަށް ހޭދަވި ވަގުތާއި ތަކެތީގެ އަގު ބޮޑުކަމުންނެވެ.

މި ތަނަކީ ޕާމް ޖުމެއިރާ އާއި ދުބާއީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ވެސް. ކައިރީގައި އޮންނަ ތަނެކެވެ.

މި މެންޝަންއާ ވާދަކުރަނީ ބިންގަޓީގެ ބުގަޓީ ކިޔާ ޕްރޮޖެކްޓެއްގައި ޕްލޭންކޮށްފައިވާ ޕެންޓްހައުސް އެޕާޓްމަންޓެކެވެ. ނަމަވެސް އެތަން އަދި ނުނިމެ އެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!