މިއަހަރު ފެށުނު އިރު ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަކީ ފްރާންސްގެ ބާނާޑް އާނައުލްޓް ކަމަށް ފޯބްސްއިން ބުނެފި އެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު ފޯބްސްއިން އާންމު ކުރި ރިއަލް ޓައިމް ލިސްޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އާނައުލްތްގެ މިލްކިއްޔާތުގައި 181.6 ބިލިއަން އެމެރިކާ ޑޮލަރު އެބަ ހުއްޓެވެ. އެ ލިސްޓުގެ ގަދަ 10 ގައި ހިމެނޭ ފްރާންސްގެ ހަމަ އެކަނި މީހާ އަކީވެސް އާނައުލްޓެވެ.
އެންމެ މުއްސަނދި 10 މީހުންގެ ލިސްޓުގައި އެންމެ ގިނައީ އެމެރިކާ މީހުންނެވެ. އެ ގައުމުގެ ހަ މީހުން ހިމެނޭ އިރު އިންޑިއާގެ ދެ މީހުންވެސް ހިމެނެ އެވެ.
ފޯބްސްއިން އާންމު ކުރި ލިސްޓުގެ ގަދަ 10 ގައި ހިމެނޭ މީހުންނަކީ:
- ބާނާޑް އާނައުލްޓް (ފަރާންސް) - 181.6 ބިލިއަން ޑޮލަރު
- އީލޮން މަސްކް (އެމެރިކާ) - 146.5 ބިލިއަން ޑޮލަރު
- ގުއާތަމް އަދާނީ (އިންޑިއާ) - 126-1 ބިލިއަން ޑޮލަރު
- ވަރެން ބަފެޓް (އެމެރިކާ) - 107.6 ބިލިއަން ޑޮލަރު
- ޖެފް ބެޒޯސް (އެމެރިކާ) - 107.3 ބިލިއަން ޑޮލަރު
- ބިލް ގޭޓްސް (އެމެރިކާ) - 103.3 ބިލިއަން ޑޮލަރު
- ލެރީ އެލިސަން (އެމެރިކާ) - 102.4 ބިލިއަން ޑޮލަރު
- މުކޭޝް އަމްބާނީ (އިންޑިއާ) - 90.6 ބިލިއަން ޑޮލަރު
- ކާލޮސް ސްލިމް ހެލޫ (މެކްސިކޯ) - 81.2 ބިލިއަން ޑޮލަރު
- ސްޓީވް ބޯލްމާ (އެމެރިކާ) - 78.5 ބިލިއަން ޑޮލަރު
މީގެ ތެރެއިން ބިލް ގޭޓްސް އާއި ސްޓީވް ބޯލްމާ ފިޔަވާ ހުރިހާ މީހުންގެ މިލްކިއްޔާތަށް ފައިސާ އިތުރުވެފައިވަނީ ތަފާތު ދާއިރާތަކުންނެވެ. އެ ދެމީހުންގެ އާމްދަނީ އިތުރުވެފައިވަނީ މައިކްރޯސޮފްޓުންނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މިދިޔަ އަހަރު ނިމެމުން އައި އިރު އޮތީ އީލޮން މަސްކެވެ. އެކަމަކު ނޮވެމްބަރު މަހު ކުއްލިއަކަށް އޭނާއަށް 200 މިލިއަން ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިވެ އެއް ވަނައިން ދެ ވަނައަށް ވެއްޓުނީ އެވެ.
އެ ގެއްލުމާއި އެކު އީލޮން ވެފައިވަނީވެސް މުއްސަނދިންގެ ލިސްޓުގައި ހިމެނޭ މީހެއްގެ މިލްކިއްޔާތުން އެއްފަހަރާ އެހާ ބައިވަރު ފައިސާގެއް ގެއްލުންވި ފުރަތަމަ މީހާގެ ގޮތުގައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!