މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަހުލޫފް އިއްޔެ ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.
މިނިސްޓަރ މަހުލޫފް ވަނީ އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް އާއި ކޮމިޔުނިޓީ ސެންޓަރުގައި ކުރިޔަށްދާ މަސައްކަތްތައް ބައްލަވާ ލައްވާފައެވެ. ކައުންސިލުންވަނީ މިކަންކަމުގައި ހުރި ކައުންސިލަށް ފާހަގަކުރެވޭ ކަންކަން މިނިސްޓަރ މަހުލޫފް އާއި ހިއްޞާކޮށްފައެވެ. އަދި މިދަތުރުފުޅުގައި މަހުލޫފް ވަނީ ކުޅުދުއްފުށީގައި ކުރުޔަށްދާ ވީއެސްއޭ ބީޗު ގޭމްސް ކުރިޔަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ.
ރޭ ކުޅުދުއްފުށީ ކައުންސިލާއި މިނިސްޓަރ ބައްދަލުކުރައްވާފައި ވާއިރު މި ބައްދަލުވުމުގައި ކުޅިވަރު ކުރިއެރުވުމަށާއި ޒުވާނުން އަދި މުޖުތަމަޢު ބާރުވެރި ކުރުމަށް ކުޅުދުއްފުށީގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަސްވަރާކުރައްވާފައި ވެއެވެ. ކައުންސިލުން ވަނީ މިކަންތައްތަކުގައި ކައުންސިލަށް ކުރިމަތިވާ ދަތިތައް މިިނިސްޓަރ މަހުލޫފާއި ހިއްސާ ކޮށްފައެވެ.
ކުދުއްފުށީގައި ކުރިއަށްދާ ބީޗު ގޭމްސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް މިނިސްޓަރ މަޙްލޫފު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ކުޅުދުއްފުށީ ކައުންސިލުން ވަނީ މިނިސްޓަރަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.
މިނިސްޓަރ ގެ މިދަތުރުފުޅުގައި ހދ ގެ އެހެން ބައެއް ރަށްތަކަށްވެސް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށްތަކަށް ވަޑައިގެން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮޖެކްޓުތައް މިނިސްޓަރ މަހުލޫފު ބައްލަވާލައްވާނެއެވެ. މިއީ ވަޒީރުކަމާއި ހަވާލުވިފަހުން މިނިސްޓަރ މަހުލޫފު ހދ ގެ އެކި ރަށްތަކަށް މިގޮތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!