މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެ
މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނެފި އެވެ. ސްޓެލްކޯއިން މީސްމީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި، އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަކްކަތްތަކެއް ކުރަމުންދާތީ މާދަމާ މާލެއާއި ހުޅުމާލޭގެ އެކިސަރަހައްދުތަކުން ކަރަންޓް ކެނޑޭނެކަމަށެވެ. ހުޅުމާލޭގެ ފޭސް 2 ގައި ބަހައްޓާފައިހުރި 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒްކުރުމަށްޓަކައި މާދަމާ ހެނދުނު 6 އާއި 8 އާއި ދެމެދު ކަރަންޓްގެ ޚިދުމަ...