މާލޭގެ 2 ސަރަހައްދަކުން ކަރަންޓް ކަނޑާލަނީ
ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް މާލޭގެ 2 ސަރަހައްދަކުން ކަރަންޓް ކަނޑާލެވޭނެ ކަމުގައި ސްޓެލްކޯއިން ހާމަކޮށްފިއެވެ. އެ ކުންފުނިން މިކަން ހާމަކޮށް މިރޭ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި 18 ޖުލައި 2020 ވާ ހޮނިހިރު ދުވަހު މާލޭގެ ދެ ސަރަހައްދަކުން ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ފުރަތަމަ ސަރަހައްދަކީ އާބުރުޒުމަގާއި، ފާމްދޭރިމަގު އަދި އިސްކަންދަރު މަގު ހިމެނޭ ސަރަހައްދ...