Skip to main content
Topic Archive

#ސްޓެލްކޯ

354 Stories filed
މާދަމާ ވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ
Raajje

މާދަމާ ވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ. ސްޓެލްކޯ އިން މިއަދު ބުނީ މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ ހެނދުނު މާލޭގެ މާފަންނު، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ވަގުތުކޮޅަކަށް ކަރަންޓް ކެނޑިދާނެ ކަމަށް އެ...

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުން މިހާރު 24 ގަޑިއިރު ޚިދުމަތް ލިބޭނެ
Business

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުން މިހާރު 24 ގަޑިއިރު ޚިދުމަތް ލިބޭނެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ 1 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެންނެވެ. މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ސްޓެލްކޯއިން މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެ ކުންފުނީގެ ހޮޓްލައިން، 1545 ތަޢާރަފުކޮށްފައިވާއިރު، ކުންފުނީގެ […]

ޖައުހަރީ ސަލާމަތްކުރެވޭތޯ ފުލުސް އޮފިސަރަކާއި ސްޓެލްކޯގެ މުވައްޒަފެއް ދެއްކި ހިތްވަރަށް ތައުރީފް
Raajje

ޖައުހަރީ ސަލާމަތްކުރެވޭތޯ ފުލުސް އޮފިސަރަކާއި ސްޓެލްކޯގެ މުވައްޒަފެއް ދެއްކި ހިތްވަރަށް ތައުރީފް

މާލޭގެ އުސްފަސްގަނޑާއި ދިމާ މޫދުގައި މިއަދު ނިޔާވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ) މޫދުން ނަގައި ސަލާމަތްކުރެވޭތޯ ފުލުސް އޮފިސަރަކާއި ސްޓެލްކޯގެ މުވައްޒަފެއް ދެއްކި ހިތްވަރަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އެބަދެއެވެ. އުސްފަސްގަނޑާ ދިމާއިން މޫދުގައި ޖައުހަރީ އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 5:06 ހާއިރު އެވެ. ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. މީގެ ކުރިން ވަނީ މޫދުގައި އޮތް ޖައުފަރުގެ ހ...

ރީޑިންގ ނުނަގާ އަދި ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެ: ސްޓެލްކޯ
Business

ރީޑިންގ ނުނަގާ އަދި ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެ: ސްޓެލްކޯ

ރީޑިންގ ނުނަގާ އަދި ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނެފި އެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ކުންފުނީގެ މުވައްޒަފުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރޭގައި ކޮންމެ މަހަކު ކަސްޓަމަރުންގެ ގޭގެއަށް ގޮސް މީޓަރު ރީޑިންގ ނެގުމާއި، ބިލު ތައްޔާރުކުރުމާއި، ފޮނުވުމާއި، ފައިސާ ބަލައިގަތުން ހިމެނެއެވެ. ކުންފުނިން އިތުރަށް ބުނެފައިވަނީ މި ހުރ...

މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
Business

މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު 6:00 އިން 7:00 އާ ދެމެދު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފި އެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެތީއެވެ. މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރ، އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަން...

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ
Business

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ)ގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެދިއްޖެއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަވާފައެވެ. އެ ޕޯސްޓްގައި ފަހުމީ ވިދާޅުވީ، އެކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. މިފަދަ ކޯލްތައް ކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ޒާތީ މަޢުލޫމާތު ހޯ...

ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ
Business

ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވެސް ސަމާޓް މީޓަރާއި ދިމާއަށް މިސްރާބުޖަހައި، އަންނަ މަހުން ފެށިގެން އެ މަސައްކަތް ފަށަން ނިންމައިފިއެވެ. ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ ކުންފުނިން ވެސް ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެއެވެ. މިގޮތުން ސްޓެލްކޯއިން އަމާޒު ހިފާފައިވަނީ، އެ ކުންފުނިން ޚިދުމަތްދޭ ތަންތަނުގައި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްމާޓް މީޓަރަށް ބަދަލުކޮށް ނިން...

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން، 1545 ތައާރަފުކޮށްފި
Business

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން، 1545 ތައާރަފުކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު މެންދުރުފަހު 15:45 ގައި އެ ކުންފުނީގެ އައު ކޮންޓެކްޓް ސެންޓަރ ހޮޓްލައިން ނަންބަރު 1545 ތަޢާރަފުކޮށްފިއެވެ. މި ހޮޓްލައިން ތަޢާރަފުކޮށްފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިއަދު ބޭއްވި ލައިވް ޕްރިމިއަރއެއްގައެވެ. ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަށާފައިވާ އައު މަސައްކަތެކެވެ. މި ހޮޓްލައިން މެދުވެރިކޮށް ސްޓެލްކޯއިން...

ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރަނީ
Business

ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރަނީ

އިލެކްޓްރިކް އުޅަނދުފަހަރުގެ ބޭނުންކުރުން އިތުރުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކާބަން ބޭރުކުރާ މިންވަރު މަ...

ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވުމަށް، ސްޓެލްކޯގެ ޤާބިލުކަން އިތުރުކުރުމަށް ފަހުމުނާމާއެއް
Business

ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވުމަށް، ސްޓެލްކޯގެ ޤާބިލުކަން އިތުރުކުރުމަށް ފަހުމުނާމާއެއް

ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޤާބިލުކަން އިތުރުކުރުމަށް މިއަދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް މަގުފަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ސްޓެލްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރު...

ސްޓެލްކޯ އާއި ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ 4 މަޝްރޫޢަކަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލައިފި
Business

ސްޓެލްކޯ އާއި ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ 4 މަޝްރޫޢަކަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ގުޅިގެން ކަރަންޓުގެ ހިދުމަތްތައް ފުޅާކުރަން ޝަގުރުވެރިވާ ފަރާތްތައް ހޯދުމަށް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ. މި އިޢުލާނުގައި މައިގަނޑު ހަތަރު ދާއިރާއަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. ފުރަތަމަ ދާއިރާއަކީ ބިމުގައާއި ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެންނާއި، މޫދާއި ކަނޑުމަތީގައި ޤާއިމުކުރާ ނިޒާމުތަކުން ކަރަންޓު އުފައްދައި ސްޓެލްކޯއަށް ވިއްކުމެވެ. މި މަސައްކަތް ކުރެވޭނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ ހަކަތަ ވިއްކުމާ ބ...

ކަރަންޓު ބިލް ބޮޑުވާ ސަބަބު ދެނެގަތުމަށް އެމްއެންޔޫއާ ގުޅިގެން ސްޓެލްކޯއިން ދިރާސާއެއް ކުރަނީ
Business

ކަރަންޓު ބިލް ބޮޑުވާ ސަބަބު ދެނެގަތުމަށް އެމްއެންޔޫއާ ގުޅިގެން ސްޓެލްކޯއިން ދިރާސާއެއް ކުރަނީ

ކަރަންޓު ބިލް ބޮޑުވާ މައްސަލާގައި ސްޓެލްކޯ އާއި ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އިލްމީ ދިރާސާއެއް ހެދުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. ސްޓެލްކޯ އާއި އެމްއެންޔޫއާ ދެމެދު ސޮއި ކުރީ 2014 އިން ފެށިގެން މިއަހަރާ ހަމައަށް ސްޓެލްކޯއިން ދޫކުރި ކަރަންޓު ބިލުތަކުގެ ފުރިހަމަ […]

ކަރަންޓުބިލުތައް ބޮޑުވި ގެތަކުގެ ހާލަތު ބަލަން އެނާޖީ އޮޑިޓެއް ހަދަނީ
Business

ކަރަންޓުބިލުތައް ބޮޑުވި ގެތަކުގެ ހާލަތު ބަލަން އެނާޖީ އޮޑިޓެއް ހަދަނީ

މިދިޔަ މަހުގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާ ގެތަކުގެ ހާލަތު ބަލައި، އެނާޖީ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، މިދިޔަ މަހު ވެސް ކަރަންޓު ބިލް ވަރަށް ބޮޑުވި ގެތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގެ ހަ ޕަސެންޓު ގޭބީސީ އާއި ހުޅުމާލޭގެ 15 ޕަސެންޓު ގޭބީސީގެ ކަރަންޓް ބިލް ބޮޑުވި ކަމަށެވެ. މި ގެތަކުގެ އޮޑިޓެއް ހަދަން ހާއްސަ ޓީމުތަކެއް […]

ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ މަހާސިންތާއެއް
Business

ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ މަހާސިންތާއެއް

ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން މަހާސިންތާއެއް ބާއްވައިފިއެވެ. “ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާރސް” ގެ ނަމުގައި މިދިޔަ މަހުގެ 30 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާގައި ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ “ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް” ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ފޮތް އިފްތިތާހު ކޮށްދެއް...

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
Business

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެ މައްސަލައިގެ ތަފްސީލެއް އެ ކުންފުނިމް ހާމައެއް ނުކުރެއެވެ. މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މިއަދު ޓްރާންސްފޯމަރެއްގެ ކޭބަލެއް ވަގަށް ނެގުމުން ހެންވޭރުގެ ބައެއް ގެތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އެ މައްސަލަ ހައްލުކުރުމަށްވެސް ސް...