Skip to main content
Topic Archive

#ސްޓެލްކޯ

354 Stories filed
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
Raajje

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. މާލޭގެ 34 އިންސައްތަ ކަސްޓަމަރުންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން: ފުލުހުން
Raajje

ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން: ފުލުހުން

މިއަހަރުގެ ޖޫން 1 ވަނަ ދުވަހު މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުންކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި 1 ޖޫން 2025 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައެވެ. ”މި މަޢުލޫމާތައްބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުން. ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކުރާނަން.” ފުލުހުން...

މާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓް ދީފި
Raajje

މާލޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓް ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން  ބުނެފިއެވެ. ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި މާލެއަށް ކަރަންޓު ދެވިފައިކަމަށެވެ. މުޅި ހުޅިމާލެއަށް ކަރަންޓްދީ ނިންމާލެވިފައިވާކަމަށް ސްޓެލްކޯއިން ކުރިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ދީނިންމާލިކަން އެ ކުންފުނިން ހާމަކުރީ 11:30 ހާއިރުއެވެ. ”ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހ...

މާލޭގެ ގިނަ ސަރަހައްދުތަކަށާއި މުޅި ހުޅުމާލެއަށް ކަރަންޓުދީފި
Raajje

މާލޭގެ ގިނަ ސަރަހައްދުތަކަށާއި މުޅި ހުޅުމާލެއަށް ކަރަންޓުދީފި

މުޅި ހުޅުމާލެއަށް މިހާރު ކަރަންޓުދެވިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި ހުޅުމާލެއަށް ކަރަންޓު ދެވިފައިކަމަށެވެ. އަދި މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. ”މާލޭގެ ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން.” ސްޓެލްކޯއިން ބުންޏެވ...

ހުޅުމާލެ ފޭސް 1 އަށް ކަރަންޓްދީ، ފޭސް 2ގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދީފި
Raajje

ހުޅުމާލެ ފޭސް 1 އަށް ކަރަންޓްދީ، ފޭސް 2ގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދީފި

ހުޅުމާލެ ފޭސް 1 އަށް ކަރަންޓްދީ، ފޭސް 2ގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދީފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ. ސްޓެލްކޯއިން އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ވެސް ކަރަންޓް ދީފައެވެ. މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑެން ދިމާވި ސަބަބެއް […]

މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފި
Raajje

މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފި

މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ. ”ކަރަންޓް އަލުން ދެމުން ދަނީ، މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބޭނެ” ސްޓެލްކޯއިން ބުންޏެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑެން ދިމާވި ސަބަބެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ. ކަރަންޓް ދިޔުމާއެކު ދިމާވެ މައްސ...

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
Raajje

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. ދިމާވެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ”ދިމާވި މައްސަލަ ބަލަމުން ދަނީ، މިވަގުތު މާލެ އާއި ހުޅުމާލެ އޮތީ ޓޯޓަލް ބްލެކްއައުޓެއްގައި” ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފަވެއެވެ. އެ ކުންފުނިން ވަނީ ދިމާވާނެ ދަތިތަކަ...

މާލޭގައި ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ
Raajje

މާލޭގައި ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ

މާލޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލެއް ބަޔަކު ބުރިކޮށްލި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މާލޭގެ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ރޭ ބަޔަކު ވަދެ، ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ސްޓެލްކޯގެ ކޭބަލެއް ބުރިކޮށްލި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، މާލެ އާއި ހުޅުމާލޭގައި ކަރަންޓް ދިނުމަށް ބޭނުންކުރާ...

ސްޓެލްކޯގެ މުވައްޒަފުންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް
Business

ސްޓެލްކޯގެ މުވައްޒަފުންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މިއަދު ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހާ ގުޅިގެން ހިންގޭ ‘ރިސާލަތު’ ޕްރޮގްރާމްގެ ދަށުންނެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިސްލާމީ ޝަރީޢަތާ ގުޅުންހުރި މުހިންމު މައުޟޫތަކުގެ މައްޗަށެވެ. ސެޝަން ނަންގަވައިދެއްވި އައްޝައިޚް އާޒިމް ޚާލިދު ވަނީ މުވައްޒަފުންނާ ޢިލްމީ އަދި ފައިދާހުރި...

ސްޓެލްކޯއިން ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި
Business

ސްޓެލްކޯއިން ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި

އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސްޓެލްކޯއިން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ސްޓެލްކޯއިން ބުނީ، މި މަޝްރޫޢުގެ ދަށުން، ރަށުގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ ވަނީ އެއްކޮށް އައު ކުރެވިފައިކަމަށެވެ. މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފެރިދޫ އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބެހެއްޓި، އެ ޕެނަލް މިހާރު ބޭނުންކުރަން ފަށާފައިވުމެވެ. މި އައު ނިޒާމުގެ ސަބަބުން، ކުރިން ރަށުގައި ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ […]

މިއަދު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ: ސްޓެލްކޯ
Business

މިއަދު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ: ސްޓެލްކޯ

ސްޓެލްކޯއިން މާލޭ ސަރަހައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު މެންދުރުފަހުގެ ވަގުތުތަކުގައި މާލެ އަދި ހުޅުމާލެ ފުރުތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނިން މާލެ އަދި ހުޅުމާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 16:30 އަށް މާލެ ސިޓީގެ...

ސްޓެލްކޯގެ އިންޖީނަކުން 200،000 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދީފި
Business

ސްޓެލްކޯގެ އިންޖީނަކުން 200،000 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދީފި

ކަރަންޓުގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ބޭނުންކުރާ ވާޓްސިލާ އިންޖީނަކުން 200،000 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދީފި އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ދަނީ 1990 ވަނަ އަހަރުން ފެށިގެން ވާޓްސިލާ އިންޖީނު ބޭނުންކުރަމުންނެވެ. ވާޓްސިލާގެ އިންޖީނަކުން ރާއްޖޭގައި 200،000 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދެވުމުން އެކަން ވާޓްސިލާ ކޯޕަރޭޝަނުންވެސް ވަނީ ފާހަގަކޮށްފަ އެވެ. ސްޓެލްކޯގެ ފެސިލިޓީތަކުގައި ވާޓްސިލާގެ 14 އިންޖީނު އަންނަނީ ހިންގަމުންނެވެ. މި އިންޖީނުތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 86 މެގަވޮޓް ކަމަ...

ހުޅުމާލޭ ފޭސް 2ގައި ސްމާޓް މީޓަރު ހަރުކޮށް ސްމާޓް އެޕްލިކޭޝަން ތަޢާރަފުކުރަން ތައްޔާރުވެއްޖެ
Business

ހުޅުމާލޭ ފޭސް 2ގައި ސްމާޓް މީޓަރު ހަރުކޮށް ސްމާޓް އެޕްލިކޭޝަން ތަޢާރަފުކުރަން ތައްޔާރުވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށް، ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަފްޞީލު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކ...

މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ: ސްޓެލްކޯ
Business

މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވޭ: ސްޓެލްކޯ

މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުގައި  އެކުންފުނިން މާލޭ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަމުގެ މަސައްކަތް ކުރަމުން ދާތީ، މާދަމާ ހެނދުނު 09:30 އާއި 11:30 ދެމެދު ޖަންބު މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.   ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތ...

ސްޓެލްކޯ އިންހައުސް ޓްރެއިނަރުންގެ ޕޫލް އިފްތިތާހުކޮށްފި
Business

ސްޓެލްކޯ އިންހައުސް ޓްރެއިނަރުންގެ ޕޫލް އިފްތިތާހުކޮށްފި

ސްޓެލްކޯ އިންހައުސް ޓްރެއިނަރުންގެ ޕޫލް އިފްތިތާހުކޮށްފިއެވެ. މި ޓްރެއިނަރުންގެ ޕޫލަކީ ސްޓެލްކޯގެ މުވައްޒަފުންގެ އިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް ކުންފުނިން ޓްރެއިނިން ދިނުމަށް އެކުލަވާލި ޕޫލެކެވެ. މި ޕޫލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ޢިލްމާއި، ހުނަރާއި، ތަޖުރިބާ ބޭނުންކޮށްގެން އެކި ދާއިރާތަކުން އެހެން މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި...