ސިލްސިލާ ވާހަކަ: ޝިކާޔަތު (ފަހުބައި)
ކުރީގެ އަދަދާއިގުޅޭ، ޔަޝްމީ މަޑުމަޑުން ގޮސް ހާރޫންގާތު ހުއްޓުނެވެ. އަދި ހާރޫންގެ މޭގައި ބޯޖައްސާލީވެސް ރަހީލަށް ބަލަމުންނެވެ. އެއާއިއެކު ރުޅިގަދަވެފައި ހުރެ ރަހީލް ނިކުމެގެން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ބައްދާލަމުން ނިތްކުރިއަށް ބޮސްދިނެވެ. *** ހަވީރުގެ ވަގުތެވެ. ޒޫނާ އިނީ ޖާވިދްގެ އިންތިޒާރުގައެވެ. އުނގުމަތީގައި ބާލީސް ބާއްވާލައިގެން އިނދެ އޭނާ ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައެވެ. ޒޫނާ އެހެން އިންނަތާ މާގިނައިރުތަކެއް ނުވެ ޖާވިދް އައިސް ދޮރު ހުޅުވާލިއެވެ. އަދި ވަރުބަލިކަ...