Skip to main content
Topic Archive

#ކައުންސިލް އިންތިޚާބު 2020

37 Stories filed
އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް
Raajje

އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް

އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އާޒިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ އަށް އިތުބާރު ކުރައްވައި އިންތިހާބު ކާމިޔާބުކޮށް ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތުނުކޮށް އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. Male’ City Mayor kamah alhugandah ithubaaru kuravvaa, inthihaab kodhdhevveethee shukuru […]

ވޯޓްލާން ދަނީ "ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ" އީސީއިން ނުބަލާނެ
Raajje

ވޯޓްލާން ދަނީ "ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ" އީސީއިން ނުބަލާނެ

ވޯޓްލާން މަރުކަޒަށް ދަނީީ “ހުއްދަ ހޯދައިގެންތޯ، ކިހިނެތްތޯ، ކޮންތާކުންތޯ” ނުބަލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެެއްޖެ އެވެ. ޝަރީފް މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ. ޝަރީފް ވިދާޅުވީ ވޯޓްލާ މަރުކަޒަށް ވޯޓްލާން ދާ މީހާގެ ނަން ވޯޓާސް ލިސްޓްގައި އޮވެއްޖެނަމަ އެ މީހަކަށް ވޯޓް ލެވޭނެ ކަމަށެވެ. ވޯޓްލާ މަރުކަޒަށް ވޯޓްލާން އަންނަ މީހާގެ ނަން ވޯޓާސް ރަޖިސްޓްރީގައި އޮވެއްޖެނަމަ އޭނާއަށް ވޯޓް ލެވޭނެ. ކިހިނެތްތޯ، ކޮންތާކުންތޯ އައީ […]

ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބަހައްޓަނީ
Thiladhunmathi News

ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބަހައްޓަނީ

ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. އީސީއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ކުޅުދުއްފުށި ސިޓީއަށް ވޯޓުލާ މަރުކަޒެއް އިތުރު ވެފައިވާކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ޔޫތް ސެންޓަރުގައެވެ. މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީއަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ...

ތިލަދުންމަތީ ހޮވުން: އުތުރުގެ 3 އަތޮޅުގެ ކެންޑިޑޭޓުން ރައްޔިތުންނާއި ހަމައަށް!
Thiladhunmathi News

ތިލަދުންމަތީ ހޮވުން: އުތުރުގެ 3 އަތޮޅުގެ ކެންޑިޑޭޓުން ރައްޔިތުންނާއި ހަމައަށް!

އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން “ތިލަދުން” ގެ ފަރާތުން ކެންޑިޑޭޓުނާއި ބެހޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން “ތިލަދުންމަތީ ހޮވުން” މިނަމުގައި “ތިލަދުން” އިން މިވަނީ ހާއްސަ ސަފްހާއެއް ކައުންސިލް އިންތިޙާބް އަށް ތައްޔާރުކޮށްފަ އެވެ. މިސަފްހާގައި އުތުރުގެ ތިން އަތޮޅަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ހިމެނިފައިވާނެއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލ...

ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ: އާތިފް
Thiladhunmathi News

ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ: އާތިފް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކްޕާޓީ (އެމްޑީޕީ)ގެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ، ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ ކަމަށް އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލައްފައިވާ ކެނޑިޑޭޓް މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕޭން ރީ ލޯންޗިންގ ޖަލްސާގައި އާތިފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ 2010 ވަނަ އަހަރު އެމް.ޑީ.ޕީ އިން އުފަންކުރި ނިޒާމެއް ކަމަށް ވިޔަސް އެކަމުގެ ފޮނި މޭވާ ވަނ...

ކައުންސިލްތަކަށް ދީފައިވާ ބާރުވެރިކަން، ފުރިހަމައަށް ގެނެވޭނީ އެމްޑީޕީއަށް: ރައީސް
Raajje

ކައުންސިލްތަކަށް ދީފައިވާ ބާރުވެރިކަން، ފުރިހަމައަށް ގެނެވޭނީ އެމްޑީޕީއަށް: ރައީސް

ކައުންސިލްތަކަށް ދީފައިވާ އިދާރީ އަދި މާލީ ބާރުވެރިކަން ފުރިހަމައަށް ގެނެވޭނީވެސް އެމްޑީޕީއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ ރައިސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއި އެކު ލިބުނު އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަމުގެ ފުރިހަމަ ފޮނި މ...

ކައުންސިލް އިންތިޚާބު: ނަން އަނބުރާ ގެންދެވޭނީ ފެބުރުއަރީ 11 ގެ ނިޔަލަށް
Raajje

ކައުންސިލް އިންތިޚާބު: ނަން އަނބުރާ ގެންދެވޭނީ ފެބުރުއަރީ 11 ގެ ނިޔަލަށް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދެވޭނެ ސުންގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ. މި ގޮތުން އީސީން ބުނީ ނަން އަނބުރާ ގެންދަން ބެނުންވާ ކެނޑިޑޭޓުން އަންނަ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00 ކުރިން ނަން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ...

ކައުންސިލް އިންތިޚާބު: ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް
Raajje

ކައުންސިލް އިންތިޚާބު: ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް ވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ސީއެސްސީން ބުނީ އެ ކޮމިޝަންގެ މުވައްޒަފުން ތެރެއިން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުން 29 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން އެ އިންތިޚާބު ރަސްމީ ނަތީޖާ ޢިއުލާން ކުރުމާއި ހަމައަށް ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަ...

ކައުންސިލް އިންތިޚާބާއި ދިމާކޮށް ބިލެތްފަށްސަށް ރައްވެހިކަން ބަދަލުކުރާ ކަމުގެ ތުހުމަތު
Thiladhunmathi News

ކައުންސިލް އިންތިޚާބާއި ދިމާކޮށް ބިލެތްފަށްސަށް ރައްވެހިކަން ބަދަލުކުރާ ކަމުގެ ތުހުމަތު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، ށ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންގެ ރަށްވެހިކަން އެ އަތޮޅުގެ ބިލެތްްފަށްސަށް ބަދަލު ކުރަމުންދާ ކަމުގެ ތުހުމަތު އެ އަތޮޅުގެ ބައެއް ރައްޔިތުން ކޮށްފިއެވެ. މިގޮތުން އެ އަތޮޅުން ވާހަކަދެއްކި ބައެއް މީހުން ބުނީ، އެ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންގެ ރަށްވެހިކަން އެ އަތޮޅުގެ ބިލެތްފަށްސަށް ބަދަލު ކުރުމުގެ މަސައްކަތް ބިލެތްްފަށްސަށް ނިސްބަތްވާ ބަޔަކު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. މިގޮތަށް ވާހަކަ ދެއްކި މީހުން ތުހުމަތު […]

ކައުންސިލް އިންތިޚާބު: އަންނަމަހުގެ 1 ގައި ފޯކަލް ޕޮއިންޓުންގެ މަސައްކަތް ފަށަނީ
Raajje

ކައުންސިލް އިންތިޚާބު: އަންނަމަހުގެ 1 ގައި ފޯކަލް ޕޮއިންޓުންގެ މަސައްކަތް ފަށަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު 2020ގެ ފޯކަލް ރަށު/ސިޓީ ފޯކަލް ޕޮއިންޓުން އިންތިޚާބުގެ މަސައްކަތްތައް ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ފަށާނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އީސީއިން މިއަދު ބުނެފައިވަނީ އިންތިޚާބާ ގުޅިގެން ރަށްރަށުގައި ކުރަންޖެހޭ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އެރަށަކަށް ނުވަތަ ސިޓީ އަކަށް އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިޓުންކަމަށެވެ. ފޯކަލް ޕޮއިޓުން ކުރާނެ މައިގަނޑު މަސައްކަތުގެ ތެރޭގަ...

ކައުންސިލް އިންތިޚާބު އަވަސް ކުރުމާއިގުޅޭ ބިލުގެ ބަހުސް މިމަހު 17ގައި
Parliament

ކައުންސިލް އިންތިޚާބު އަވަސް ކުރުމާއިގުޅޭ ބިލުގެ ބަހުސް މިމަހު 17ގައި

ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބުތިދާއީ ބަހުސް މިމަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމައިފިއެވެ. ސިއްޙީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތަށް ގާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިސްއަށް ހުށަހެޅުމުން ރޭ ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. ސަރުކާރުގެ ފަރާތުން ރައްޔި...

ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތައް ގާނޫނު އިސްލާާހުކުރަން ހުށަހަޅައިފި
Raajje

ކައުންސިލް އިންތިޚާބު ބޭއްވޭނެ ގޮތައް ގާނޫނު އިސްލާާހުކުރަން ހުށަހަޅައިފި

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާއި ސިއްޙީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތަށް ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅައިފިއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާޙްގެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު  އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒެވެ. އެބިލު ހުށަހެޅުއްވުމުގެ އިތުރުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އޭނާ ވަނީ އެދި...

ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ
Raajje

ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 3ގައި ބާއްވަނީ

ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރުމުން، ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ. އެކަން ހާމަކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ޝަރީފް ވިދާޅުވީ، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު، މިއަހަރުގެ އ...

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކަނބަލުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް
Raajje

ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކަނބަލުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އަންހެން ކެޑިޑޭޓުންނަށް އަމާޒުކޮށް، އިންތިޚާބުވުމަށް ބޭނުން ކުރެވޭނެ މުހިންމު މަޢުލޫތައް ހިމަނައިގެން ފަރުމާ ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އެންޑް ޑިމޮކްރަސީ (ޑަބްލިޔު.ޑީ)އިން އިންތިޒާމުކޮށްގެން އެ ޖަމިއްޔާއާއި، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އަދި ވިމެންސް...

ލޯކަލް ކައުންސިލް އިންތިޚާބު: 5 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފި
Raajje

ލޯކަލް ކައުންސިލް އިންތިޚާބު: 5 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ނަންއަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފިއެވެ. އީސީއުން މިއަދު ކުރި އިޢުލާނެއްގައިބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލުމާ ގުޅިގެން މިއަދާ ހަމައަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގ...