މާރަންދު އާއި ތަކަންދޫ ބަނދަރު ބޮޑުކުރަން އެމްޓީސީސީއަށް
ހއ. މާރަންދުއާއި ހއ. ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި ކޮންޓްރެކްޓްތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. ތަކަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 15،565 ކިއުބިކް މީޓަރުގެ ބަނދަރު ކޮނުމާއި 161 މީޓަރުގެ ބޭރު ހިލަ ތޮށި ޖެހުމާއި 58 މީޓަރުގެ...