މާރަންދޫގައި ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިން ދޫކުރަނީ
ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށާއި، މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް އެ ރަށު ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާއި ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ ބިން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތ...