ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވިއެވެ. ލަތީފް މިއަދު ”ތިލަދުން” އަށް ވިދާޅުވީ، މި މަޝްރޫޢަކީ އެ އަތޮޅުގެ ސިއްޙީ ޚިދުމަތް އައު އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބިންގާ އެޅުނު މި އައު އިމާރާތަކީ 50 އެނދުގެ ޖާގައިގެ އިމާރާތެކެވެ. މި […]