Skip to main content
Topic Archive

#ޣައްޒާ

35 Stories filed
ޣައްޒާގައި ނަސްލު ނައްތާލަމުން ދަނިކޮށް ޖަރުމަނުން އިސްރާއީލަށް 930 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
International

ޣައްޒާގައި ނަސްލު ނައްތާލަމުން ދަނިކޮށް ޖަރުމަނުން އިސްރާއީލަށް 930 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލުޢާއްމު ކުރިއަށްދާ މިދަނޑިވަޅުގައި، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެ ޤައުމަށް ގާތްގަނޑަކަށް 800 މިލިއަން ޔޫރޯ (930 މިލިއަން އެމެރިކާ ޑޮލަރު) ގެ އަސްކަރީ ސާމާނު އެކްސްޕޯޓް ކުރުމުގެ ހުއްދަ ޖަރުމަނު ސަރުކާރުން ދީފިއެވެ. ޣައްޒާގައި ނަސްލު ނައްތާލަމުން ދަނިކޮށް ރުމަނުން އިސްރާއީލަށް 930 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހުއްދަދީފި މި މަޢުލޫމާތު ހާމަކޮށްފައިވަނީ އިދިކޮޅު ލެފްޓް ޕާޓީން ޕާލަމެންޓުގައި ކުރ...

އިސްރާއީލުން ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ ތިން މީހަކު ޝަހީދުކޮށްލައިފި
International

އިސްރާއީލުން ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ ތިން މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އުތުރު ސަރަހައްދަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ޝަހީދުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސްއާ ހަވާލާދީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނެވެ. މި ނުރައްކާތެރި ހަމަލާ ދީފައި މިވަނީ، ވޭތުވެދިޔަ އަހަރު އެއްބަސްވި “ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ” ޚިލާފަށް، އިސްރާއީލުގެ އަސްކަރިއްޔާއިން މުޅި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެއްނެތި...

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 20 މީހަކު ޝަހީދުކޮށްލައިފި
International

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 20 މީހަކު ޝަހީދުކޮށްލައިފި

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 20 މީހުން ޝަހީދުވެއްޖެއެވެ. އޮކްޓޫބަރު 2025 ގައި އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ޑްރޯން ހަމަލާތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާއަށް ދަނީ ދެމުންނެވެ. މީގެ އިތުރުން، ޖެނުއަރީ 2024 ގައި އުމުރުން ފަސް އަހަރުގެ ހިންދު ރަޖަބާއި އޭނާގެ އާއިލާގެ ހަ މެންބަރަކު މަރާލި މައްސަލައިގެ ޖިނާއީ ތަހުގީގެއް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ވ...

ޣައްޒާގެ ރައްޔިތުން އެކަނިވެރިކޮށެއް ނުލާނަން، އެހީތެރިވުމުގައި ދެމި ތިބޭނަން: ތުރުކީ
International

ޣައްޒާގެ ރައްޔިތުން އެކަނިވެރިކޮށެއް ނުލާނަން، އެހީތެރިވުމުގައި ދެމި ތިބޭނަން: ތުރުކީ

ޣައްޒާގެ ރައްޔިތުން އެކަނިވެރިކޮށް ނުލާނެ ކަމަށާއި އެ ގައުމަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ތުރުކީން ކުރާނެ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. ރައީސް އުރުދުޣާން ގެންދަވަނީ ބައިނަލްއަގުވާމީ އެކި މެހެފިލްތަކުގައި ފަލަސްތީނުގެ މައްސަލައަށް ވަކާލާތު ކުރައްވަމުންނެވެ. އެގޮތުން، ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށާއި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް އެމަނިކުފާނު ބާރުއަޅުއްވައެ...

އިސްރާއީލުން ޝަހީދުކޮށްލި އެތުލީޓުންގެ ހަނދާނުގައި ފަލަސްތީނުން '1000 ޝަހީދުންގެ ކަޕް' ލޯންޗުކޮށްފި
Sports

އިސްރާއީލުން ޝަހީދުކޮށްލި އެތުލީޓުންގެ ހަނދާނުގައި ފަލަސްތީނުން '1000 ޝަހީދުންގެ ކަޕް' ލޯންޗުކޮށްފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ 1،014 އެތުލީޓުންގެ ހަނދާނުގައި “1000 ޝަހީދުންގެ ކަޕް” ނަމުގައި މުބާރާތެއް ބޭއްވުމަށް ފަލަސްތީނުން ނިންމައިފިއެވެ. މި މުބާރާތް ލޯންޗުކުރިކަން އިއުލާން ކުރެއްވީ ފަލަސްތީނުގެ ސުޕްރީމް ކައުންސިލް ފޯ ޔޫތު އެންޑް ސްޕޯޓްސްގެ ރައީސް ޖިބްރީލް ރާޖޫބް އެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލް ބީރޭގައި ހުންނަ ޖޯސެފް ބްލެޓާ ފުޓްބޯޅަ އެކަޑަމީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާޖޫބް ވިދާޅުވީ، މި މުބާރާތު...

ޣައްޒާއާ ގުޅޭ ޓްރަމްޕްގެ 15 ނުކުތާގެ ޕްލޭނަށް އިސްރާއީލުން ދެކޮޅުހަދައިފި
International

ޣައްޒާއާ ގުޅޭ ޓްރަމްޕްގެ 15 ނުކުތާގެ ޕްލޭނަށް އިސްރާއީލުން ދެކޮޅުހަދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ‘ބޯޑް އޮފް ޕީސް’ އިން ޣައްޒާގެ މައްސަލައަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ރަސްމީކޮށް ދެކޮޅުކަން ޢިއުލާންކޮށްފިއެވެ. އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ފުރިހަމައަށް ހަތިޔާރު ބަހައްޓަންދެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށް ދެކޮޅު ހަދާ ކަމަށެވެ. އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދަމުން ނަތަންޔާހޫ ބުނެފައި ވަނީ، އިސްރާއީލުން އެ 15 ނުކުތާގެ ލިޔުން ބަލައެ...

ފަލަސްތީނުގެ ލީޑަރުން ނިންމާ ކޮންމެ ނިންމުމަކަށް އީރާނުން ތާއީދުކުރާނެ: ރައީސް ޕެޒެޝްކިއަން
International

ފަލަސްތީނުގެ ލީޑަރުން ނިންމާ ކޮންމެ ނިންމުމަކަށް އީރާނުން ތާއީދުކުރާނެ: ރައީސް ޕެޒެޝްކިއަން

ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި ފަލަސްތީނުގެ ލީޑަރުން ނިންމަވާ ކޮންމެ ނިންމުމަކަށް ނުވަތަ އިސްނެންގެވުމަކަށް އީރާނުން ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މިހެން ވިދާޅުވީ ހަމާސްގެ ސިޔާސީ ގޯފީގެ އިސްވެރިޔާ ޚަލީލް އަލް-ހައްޔާއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯނު ކޯލުގައި ރައީސް ޕެޒެޝްކިއަން ވަނީ ފަލަސްތީނުގެ މަޝްވަރާވެރިނ...

ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ޖަނާޒާ ބާއްވައިފި
International

ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ކަށުނަމާދާއި ޖަނާޒާ އަންގާރަ ދުވަހު ބާއްވައިފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ ގައްޒާ ސިޓީގެ ސަބްރާ އަވަށުގައެވެ. ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ދިދަ އޮޅާފައިވާ މި ހަށިތައް ބާއްވާފައިވަނީ އެމީހުން ޝަހީދުވި އިމާރާތްތަކުގެ ކައިރީގައެވެ. މި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ފަލަސްތީނުގެ ތާރީޚުގައިވެސް އެއްފަހަރާ އެނ...

ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ ޕްލޭން ކާމިޔާބު ނުވާތީ ނަތަންޔާހޫ ރުޅިގަދަވެއްޖެ
International

ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ ޕްލޭން ކާމިޔާބު ނުވާތީ ނަތަންޔާހޫ ރުޅިގަދަވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ގައުމުތަކުން ދެކޮޅު ހަދަމުންދާތީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިގަދަވެ ވާހަކަދައްކައިފިއެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް އެހެން ގައުމުތަކުގައި ވަޒަންވެރި ކުރުމަކީ އިސްރާއީލުގެ ޕްލޭނެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ކާމިޔާބުވާގޮތެއް ނުވެއެވެ. އިސްރާއީލުގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަމުން ނަތަންޔ...

ޣައްޒާގެ ސުލްހައިގެ އުންމީދުގެ ހުޅުކޮޅު ދިއްލިފައިވަނިކޮށް އިސްރާއީލުން ލާއިންސާނީކަން އިތުރުކޮށްފި
International

ޣައްޒާގެ ސުލްހައިގެ އުންމީދުގެ ހުޅުކޮޅު ދިއްލިފައިވަނިކޮށް އިސްރާއީލުން ލާއިންސާނީކަން އިތުރުކޮށްފި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ރޯޑްމެޕްގެ ދެވަނަ މަރުހަލާއަށް ހަމާސްއިން އެއްބަސްވެ، ސުލްހައިގެ އުންމީދުތައް އާވެފައިވަނިކޮށް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ލާއިންސާނީކަން އިތުރުކޮށްފިއެވެ. ޣައްޒާގެ ސިވިލް ޑިފެންސްއިން ހާމަކުރި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް 10 އަށްވުރެ ގިނަ ވައިގެ ހަމަލާދީފައެވެ. މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން މަދ...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
International

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ޣައްޒާއަށް ދިން އާ ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 6 މީހެއްގެ ހަށިގަނޑާއި 34 ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެނެވިފައިވެއެވެ. ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފިރިހެނަކާއި އަށް އަހަރުގެ ކުޑަ...

ޣައްޒާގެ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ތެރޭގައި އިންޑިއާއިން އިސްރާއީލަށް 2،596 ހަތިޔާރު ޝިޕްމަންޓް ފޮނުވި: އެމްނެސްޓީ
International

ޣައްޒާގެ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ތެރޭގައި އިންޑިއާއިން އިސްރާއީލަށް 2،596 ހަތިޔާރު ޝިޕްމަންޓް ފޮނުވި: އެމްނެސްޓީ

ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގެ ތެރޭގައި، އިންޑިއާގެ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން، ލައްކަ އަކަށްވުރެ ގިނަ ހަތިޔާރާއި، ވަޒަނާއި، އަދި އަސްކަރީ ސާމާނު ހިމެނޭހެން މަދުވެގެން 2،596 ޝިޕްމަންޓް އިސްރާއީލަށް ފޮނުވާފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ އާ ރިޕޯޓެއްގައި ބުނެފިއެވެ. މި ރިޕޯޓް ބުނާގޮތުން 7 އޮކްޓޫބަރު 2023 އިން 30 ނޮވެމްބަރު 2025 އާ ދެމެދު ފޮނުވި މި ސާމާނުތަކުގެ ތެރޭގައި މެޝިން ގަންގެ ބައިތަކާއި، އެލްބިޓް ސިސްޓަމްސ...

ޣައްޒާގެ ރައްޔިތުން ނާންމާންކަމައި ހިތްދަތިކަމުގައި ވޯލްޑް ކަޕުން ހޯދާ ކުޑަކުޑަ އުފާވެރިކަން
Sports

ޣައްޒާގެ ރައްޔިތުން ނާންމާންކަމައި ހިތްދަތިކަމުގައި ވޯލްޑް ކަޕުން ހޯދާ ކުޑަކުޑަ އުފާވެރިކަން

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކާއި، މުޅި ސަރަހައްދު ސުންނާފަތިވަމުންދާ ދަނޑިވަޅެއްގައި ވެސް، ޣައްޒާގެ ރައްޔިތުން ދަނީ ދިރިއުޅުމުގެ އުންމީދު ދޫނުކޮށް، ފުޓްބޯޅައިގެ ފޯރީގައި ބައިވެރިވަމުންނެވެ. ޣައްޒާގެ ރައްޔިތުން ކޮންމެ ވަތަކުވެސް ޝަހީދުވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް، ފުޓްބޯޅައިގެ ޒަރީއާއިން އެމީހުން ހޯދާ ކުޑަކުޑަ އުފާވެރިކަމަކީ ހަނގުރާމައިގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ އުންމީދީ ގެދޮރު ގެއްލި، ހިޔާވަހިކަމެއް ނެތް ހާލުގައި ވެސް، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ވޯ...

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން
Report

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އެންމެފަހުން ދޭންފެށި ރަހުމުކުޑަ ހަމަލާތަކަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 172،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިފަދަ ބޮޑު ހިތާމައެއްގެ ތެރޭގައި ޣައްޒާގެ ރައްޔިތުން މިވަނީ މިއަހަރުގެ އަޟްހާ އީދު ބައްދަލުކޮށްފައެވެ. ވޭތުވެދިޔަ ފަސް އީދުގައި ޣައްޒާގެ ރައްޔިތުންނަށް އިވުނު ހަނގުރާމަމަތީ ބޯޓު...

އަޤްޞާ މިސްކިތުގެ "ސާހިބުންނަކީ ތިމަންމެން" ކަމަށް ޖައްބާރު ބެން-ގްވީރު ބުނެފި
International

އަޤްޞާ މިސްކިތުގެ "ސާހިބުންނަކީ ތިމަންމެން" ކަމަށް ޖައްބާރު ބެން-ގްވީރު ބުނެފި

އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އިޢުލާންކުރުމާ ގުޅިގެން، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުރި މުޤައްދަސް ބިނާތައް އަލުން ހުޅުވާލައި، ހުޅަނގު އައްސޭރީގައި ހުރި ދަތުރުފަތުރުގެ ބައެއް ހުރަސްތައް ނައްތާލައިފިއެވެ. މި ނިންމުމާއެކު، އޭޕްރީލް 9 ވީ ހުކުރު ދުވަހު، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް 100،000 އަށްވުރެ ގިނަ މުސްލިމުން ވަނީ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ހުކުރު ނަމާދަށް ޖަމާވެފައެވެ. މީގެ އިތުރުން ‘ހޮލީ ވީކް’ އާ ދިމާކޮށް ބަންދުކޮށްފައ...