ޣައްޒާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ނަފްސާނީ ފަރުވާ ބޭނުންވޭ: އދ.
އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރުވާފައިވާ ދިގުދެމިގެންވާ ލާއިންސާނީ ހާލަތުގެ ސަބަބުން ޣައްޒާގައި ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު އެއް މިލިއަނަށްވުރެ އިތުރުކަމަށް އދ. އިން ބުނެފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ ކުޑަކުދިންގެ ޖަމްޢިއްޔާ (ޔުނިސެފް) އިން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެއެވެ. ޑަބްލިއު.އެޗް.އޯ އިން ހާމަކުރި ގޮތުގައި، ޣައްޒާގައ...