ޖޭއެސްސީ އަށް އުޝާމް އާއި ސަމީރު ޢައްޔަނުކޮށްފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދެ މެންބަރަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ރައީސް، ޖޭއެސްސީ އަށް މިއަދު ޢައްޔަނު ކުރެއްވީ، ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި މުޙައްމަދު ސަމީރު އެވެ. އުޝާމް ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަނު ކުރައްވާފައި ވަނީ އެ ކޮމޮޝަންގެ ޤާނޫނުގައި ބުނާގޮތުގެމަތިން، ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ރ. އިނގުރައިދޫ އަށް ނިސްބަތްވެވަޑައިގަންނަވާ، ސަމީރު ޖޭއެސްސީ އަށް ޢައްޔަނު ކުރެއްވީ އެ ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުގެ މަތީން ރ...