Skip to main content
Topic Archive

#ޖޭއެސްސީ

102 Stories filed
ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި
Raajje

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ކްރިމިނަލް ކޯޓަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވާފައިވާ ކަމަށެވެ. މި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައި ވަނީ، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ގދ.ގައްދޫ، ހަނދުވަރީ...

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ފުރުސަތު ހުޅުވާލި އިއުލާނުގައި ވާގޮތުން މި މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނަށެވެ. އެމީހަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާމީހަކަށް ވެސް ވާންޖެހެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ތަޖުރިބާ 2...

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސްގާޒީން އަައްޔަން ކޮށްފި
Raajje

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސްގާޒީން އަައްޔަން ކޮށްފި

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ގާޟީގެ މަގާމަށް ބޭފުޅުން އަައްޔަން ކުރައްވައިފިއެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ސިވިލް ކޯޓުގެ އިސްޤާޟީ ގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެކޯޓުގެ ޤާޟީ ގެ މަގާމުގައި ހުންނެވި ޅ. ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސްޤާޟީ ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ގއ. މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ކަމަށް ވެސް ޖޭއެސްސީ އިން ބުނެއެވެ. އަހްމަދު ނިމާލް މިހައިތަނަށް […]

ގާޟީ ހަސަން ސައީދު ފަނޑިޔާރު ރިޓެއާ ކުރައްވައިފި
Raajje

ގާޟީ ހަސަން ސައީދު ފަނޑިޔާރު ރިޓެއާ ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޟީ ހަސަން ސައީދު، ފަނޑިޔާރު ކަމުގެ މަގާމުން ރިޓައަރ ކުރައްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ބުނީ ގާޟީ ހަސަން ސައީދު ރިޓައަރ ކުރައްވަން ނިންމެވީ މާރިޗު 20 ގައި ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި އެއީ އޭނާގެ އެދިވަޑައިގަތުމާވެސް އެކު އުމުރުން 55 އަހަރު ވެފައިވުމާއި ގުޅިގެން ކަމަށެވެ. ފަނޑިޔާރެއްގެ ގޮތުގައި 21 އަހަރު މަސައްކަތް ކުރައްވާފައިވާ ހަސަން ސައީދު ރިޓައަރ ކުރެއްވީ މިއަދުން ފެށިންނެވެ. އޭނާ […]

ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް
Raajje

ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް

ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އޭނާ ސުލޫކާ ހިލާފު ވެފައި ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ. ގާޒީ ހަސަން ދެ ހަފުތާ އަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބްރުއަރީ މަހު ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ސިންގަޕޫރަށް ފޮނުވައިގެން […]

ވައިބަރ ގްރޫޕަކަށް ފޮނުވި މެސެޖުތަކަކާއި ގުޅިގެން ގާޟީ އަކަށް ނަސޭހަތްދިނުމަށް ނިންމައިފި
Raajje

ވައިބަރ ގްރޫޕަކަށް ފޮނުވި މެސެޖުތަކަކާއި ގުޅިގެން ގާޟީ އަކަށް ނަސޭހަތްދިނުމަށް ނިންމައިފި

ޑްރަގް ކޯޓުގެ ގާޟީ އަލްއުސްތާޛު މުޙައްމަދު ނަޢީމަށް ނަޞޭޙަތްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން އެގޮތަށް ވިދާޅުވީ، އެ ކޮމިޝަނުން އާންމު ކުރެއްވި ނޫސް ބަޔާނެއްގައެވެ. ޖޭއެސްސީން އެ ނޫސްބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ ގްރޫޕެއްގައި، ފޮނުއްވި މެސެޖްތަކަކީ ފަނޑިޔާރު ލިޔެ އެ ގްރޫޕަށް ފޮނުއްވި މެސެޖްތަކެއްކަމަށް ޤާޟީ މުޙައްމަދު ނަޢީމް ވަނީ އެއްބަސްވެފައެވެ. ޤާޟީ މުޙައްމަދު ނަޢީމް ފޮނުއ...

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި
Raajje

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގައި އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރިކަން ސާބިތުވެ، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ. ހަސަން ސައީދު ސަސްޕެންޑު ކުރަން ނިންމާފައި ވަނީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ޖޭއެސްސީއިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ […]

ޖޭއެސްސީން ބެލި ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާކަމަށް ނިންމައިފި
Raajje

ޖޭއެސްސީން ބެލި ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާކަމަށް ނިންމައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން ތަހްގީގުކުރި ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާކަމަށް ނިންމައިފިއެވެ. ޖޭއެސްސީން ވިދާޅުވިގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކަކާއި ގުޅިގެން ތަހްގީގުކުރި ހަތަރު ސުލޫކީ މައްސަލައެއް ސާބިތުނުވާކަމަށް ވަނީ ނިންމާފައެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނީ އެ ކޮމިޝަނަށް ހުށަހެޅުނު ދެ ޝަކުވާއަކާއި ގުޅިގެން ތަހުގީގުކުރި ހައިކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައާއި، ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްޢަތ...

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ
Thiladhunmathi News

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، އަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކުރައްވައިފިއެވެ. އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފަށް އިސްމެޖިސްޓްރޭޓް އަލީ އާދަމް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ކޮމިޝަނ...

15 މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓްކަމަށް 57 ބޭފުޅަކު ކުރިމަތިލައްވައިފި
Raajje

15 މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓްކަމަށް 57 ބޭފުޅަކު ކުރިމަތިލައްވައިފި

15 މެޖިސްޓްރޭޓް ކޯޓެއްގެ މެޖިސްޓްރޭޓްކަމަށް 57 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން 15 މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 20 ޑިސެންބަރު 2022 ގައެވެ. އެ އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޖޭއެސްސީން މިއަދު ވަނީ އާންމު ކުރަށްވާފައެވެ. މިގޮތުން އެ 15 މެޖިސްޓްރޭޓް ކޯޓަށް ކުރިމަތިލެއްވި 57 ބޭފުޅުންނަކީ: ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓު 1. ޢުބައިދުﷲ ޢަލީ / އަލްސަމްވިލ...

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި
Raajje

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިލުމުން 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ފަރާތްތަކަކީ: 1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ 2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ 3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, […]

ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ
Raajje

ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޢިއުލާންކޮށްފިއެވެ. ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢިއުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ހައިކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ 36،000 ރުފިޔާއެވެ. އަދި ލިވިން އެލަވަ...

ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދަނީ
Raajje

ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދަނީ

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކޯޓަށް ދެ ޤާޟީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ކްރިމިނަލް ކޯޓުގެ ޤާޟީއެއްގެ މުސާރައަކީ 30،000 ރުފިޔާއެވެ. […]

ކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދިންކަމުގެ ތުހުމަތުވާ އިސްމެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ
Raajje

ކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދިންކަމުގެ ތުހުމަތުވާ އިސްމެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ

ކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދިންކަމުގެ ތުހުމަތުވާ މައްސަލައެއްގައި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން  ނިންމައިފިއެވެ. ޖޭއެސްސީ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދީ، އަދި އެ ކައިވެނި ކުރުމަށް ހުއްދަދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައް...

ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް: ހިސާން
Raajje

ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް: ހިސާން

ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ. “ޖުޑިޝަރީ ފޮ ޖޫނިއާސް” ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް ކަމަށެވެ. އެ ހައްގު ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދިނުމަށ...