Skip to main content
Topic Archive

#ޖޭއެސްސީ

102 Stories filed
"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްފި
Raajje

"ޤަޟާޢީ އަހަރު 2025" އިފްތިތާޙްކޮށްފި

ޖުޑިޝަރީ ދާއިރާގެ “ޤަޟާޢީ އަހަރު 2025” ރޭ އިފްތިތާހްކޮށްފިއެވެ. މިއީ ޖުޑީޝަރީ ދާއިރާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިހްތިފާލެކެވެ. މީގެ މަގްސަދަކީ އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު...

ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން މެޖިސްޓްރޭޓެއްގެ މަގާމު ގެއްލިއްޖެ
Raajje

ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމުން މެޖިސްޓްރޭޓެއްގެ މަގާމު ގެއްލިއްޖެ

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމްގެ މަގާމު ގެއްލިއްޖެ އެވެ. ޖޭއެސްސީން ބުނީ ސިވިލް ކޯޓުގައި ނިމިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަނި އިސް މެޖިސްޓްރޭޓް މުއާވިޔަތު ދައްކާފައިނުވާ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމެޓީގައި އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެންވެ، އިސް މެޖިސްޓްެރޭޓް މުއާވިޔަތުގެ ކިބައިން ފަނޑިޔާރުކަމުގެ އެ...

ބަންދު ދުވަސްތަކުގައި ފަނޑިޔާރުން ރަށުން ބޭރަށް ދާން ޖޭއެސްސީއަށް އަންގަން ޖެހޭނެ ގޮތަށް ހަދައިފި
Raajje

ބަންދު ދުވަސްތަކުގައި ފަނޑިޔާރުން ރަށުން ބޭރަށް ދާން ޖޭއެސްސީއަށް އަންގަން ޖެހޭނެ ގޮތަށް ހަދައިފި

ކޯޓުތަކުގެ ފަނޑިޔާރުން ހަފުތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) އަށް އަންގަންޖެހޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ. ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާގައިވަނީ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައިވާ ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި...

ޖޭއެސްސީގެ މެންބަރުކަމަށް ފަރުހާދު ޢައްޔަނުކުރަށްވައިފި
Raajje

ޖޭއެސްސީގެ މެންބަރުކަމަށް ފަރުހާދު ޢައްޔަނުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ފަރުހާދު ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ފަރުހާދު ޖޭއެސްސީގެ މެންބަރަކަށް ޢައްޔަނުކުރަށްވާފައި ވަނީ، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. ފަރުހާދު ރަޝީދު، މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ރަޝީދު، ވަ...

ޖޭއެސްސީގެ ރައީސަކަށް ރިޒާ
Parliament

ޖޭއެސްސީގެ ރައީސަކަށް ރިޒާ

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް މާފުށީ ދާއިރާގެ މެމްބަަރު ހުސައިން ރިޒާ އާދަމް އިއްޔެ އިންތިޚާބުކޮށްފިއެވެ. ރިޒާ އަކީ  ކ. ގުރައިދޫ ދާއިރާގެ ގޮނޑި ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. އޭނާ ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ ގޮތުގައެވެ. ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ 19 ވަނަ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ހިސާން ހުސައިނެވެ. އޭނާ ވެސް މަޖިލީހުން އެއިރު ޖޭއެސްސީގެ މެންބަރުކަމ...

ކޯޓުތަކުން ވަކިކުރި އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ: ސުޕްރީމް ކޯޓް
Raajje

ކޯޓުތަކުން ވަކިކުރި އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ: ސުޕްރީމް ކޯޓް

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށްފަހު އޭގެ ތެރެއިން 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލިއިރު އެކަށީގެންވާ ވަރަށް މާކްސް ނުލިބުނު ކަމަށް ބުނެ 2019 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ. އެ މައްސަލަ [...

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި
Raajje

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ފަނޑިޔާރު ނިޔާޒް ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހަމަޖައްސައިފި އެވެ. ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ދާދިފަހުން ވަނީ އެ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ. ޖޭއެސްސީން މިއަދު ބުނިގޮތުގައި އެ ކޮމިޝަންގެ ނައިބު ރައީސަކަށް […]

ޖޭއެސްސީއަށް ލަފާ ދޭން ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި
Raajje

ޖޭއެސްސީއަށް ލަފާ ދޭން ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި

ކޯޓުތަކުގެ އިދާރާ ހިންގުމާ ގުޅޭ ކަންކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށްޓަކައި ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ޖޭއެސްސީން ނިންމައިފި އެވެ. ޖޭއެސްސީން ބުނިގޮތުގައި އެގޮތަށް ހަމަޖެއްސީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަން ނިންމާއިރު ފަނޑިޔާރުންގެ ލަފާ ހޯދުމާއި ފަނޑިޔާރުންގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށެވެ. ޖޭއެސްސީން ބުނިގޮތުގައި އެ ބޯޑުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ ރައީސާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން...

ފަނޑިޔާރު ޝުޖޫން ބަދަލުގައި ޖޭއެސްސީ އަށް ސުއޫދު ހަމަޖައްސައިފި
Raajje

ފަނޑިޔާރު ޝުޖޫން ބަދަލުގައި ޖޭއެސްސީ އަށް ސުއޫދު ހަމަޖައްސައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުގެ މަގާމަށް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސަވައިފި އެވެ. ސުޕްރީމް ކޯޓުން ބުނިގޮތުގައި ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އައްޔަން ކުރެއްވުމަށް އެ ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. ނަމަވެސް އެގޮތަށް ނިންމެވީ ފަނޑިޔާރު ޝުޖޫން ވަކިކުރެއްވުމަށްފަހު ކަމެއް ނުވަތަ އޭނާ ޖޭއެސްސީން އިސްތިއުފާ ދެއްވުމުން ކަމެއް ސާފެއް ނުވެ އ...

''ޤަޟާއީ އަހަރު 2024'' އިފްތިތާހްކޮށްފި
Raajje

''ޤަޟާއީ އަހަރު 2024'' އިފްތިތާހްކޮށްފި

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ”ޤަޟާއީ އަހަރު 2024” މިރޭ އިފްތިތާޙްކޮށްފިއެވެ. މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަރުޢީ ދާއިރާގެ މި މަހާސިންތާ އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައ...

ޖޭއެސްސީގެ ނައިބަކަށް ފަނޑިޔާރު ޝުޖޫން
Raajje

ޖޭއެސްސީގެ ނައިބަކަށް ފަނޑިޔާރު ޝުޖޫން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ހަމަޖައްސައިފިއެވެ. ޖޭއެސްސީން ވަނީ ޝުޖޫން އެ މަގާމަށް ހަމަޖެއްސުމުން އެކަމަނާއަށް ތަހުނިޔާކިޔައިފައެވެ. ޝުޖޫން އަކީ އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އިންތިޚާބުކޮށްފައި ހުންނަވާ ފަނޑިޔާރެވެ. ޖޭއެސްސީގެ ނައިބު ރައީސަކަށް ކުރިން ހުންނެވީ ގާނޫނީ ވަކީލު ސްތޫރު ޙުސްނީ އެވެ. އޭނާ ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޖޭއެސްސީގެ ގާނޫނުގައިވާގޮތުގެމަތިން...

ޖޭއެސްސީގެ މެންބަރުކަމަށް ގާނޫނީ ވަކީލު އަލީ ޢައްޔަނުކޮށްފި
Raajje

ޖޭއެސްސީގެ މެންބަރުކަމަށް ގާނޫނީ ވަކީލު އަލީ ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް، ޢަލީ ޢަބްދުއްލަޠީފް، (ގއ. ވިލިނގިލި، ބީޗުހައުސް) މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޢަލީ ޢަބްދުއްލަޠީފް މި މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޢަލީ ޢަބްދުއްލަޠީފް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ދިވެހ...

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓް ވަކިކޮށްފި
Parliament

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓް ވަކިކޮށްފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. […]

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓް ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމެޓީ
Parliament

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓް ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމެޓީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ. ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި […]

މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި
Parliament

މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ، ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން ހާޒިރު ވުމަށް ފަހު ފުރުސަތު ދީ ފިއެވެ. އަލީ އާދަމާއި ގުޅިގެން ޖޭއެސްސީން ބެލި އެހެން މައްސަލައެއްގައި އޭނާ ހުންނެވި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން މެޖިސްޓްރޭޓް މަގާމަށް 19 ނޮވެންބަރު 2023 ވަނަ ދުވަހު ވަނީ މަގާމު ދަށްކޮށްފައެވެ. ވަރިވާން ކޯޓަށް ދިޔަ […]