ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ފިތުނަ އުފައްދަން، އެއީ ބޮޑާ ކިބުރުވެރިކަމުން އަރާތިބި ބައެއް: ސަލީމް
ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާފުކޮށް ދެއްކެވި ވާހަކަތައް ދޮގުކޮށް ފިތުނަ އުފައްދަންކަމަށާއި، އެއީ ބޮޑާކަމާއި ކިބިރުވެރިކަމުން އަރާ ތިބި ބައެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި ރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވުން ސަލީމް ވިދާޅުވީ، ފެންނަ މަންޒަރުތަކަށް ބަލާއިރު ބައެއް ބޭފުޅުންގެ ވި...