ގޮނޑިގެއްލޭ އިސްލާޙް ހިމަނައި ޤާނޫނުއަސާސީއަށް އިސްލާހުގެންނަ ބިލު ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ހިމަނައި ޤާނޫނުއަސާސީއަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) އެވެ. މި ބިލުގައި މި ނޫންވެސް ކަންތައްތައް ހިމަނާފައިވާއިރު، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ އަށް ގެންނަ އިސްލާޙެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ [...