Skip to main content
Topic Archive

#ޑރ.މުހައްމަދު މުޢިއްޒު

359 Stories filed
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް 100 ދުވަސްތެރޭ ކައުންސިލަށް ބަދަލު ކުރާނަން: މުއިއްޒު
Raajje

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް 100 ދުވަސްތެރޭ ކައުންސިލަށް ބަދަލު ކުރާނަން: މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ހުޅުމާލެ މުނިސިޕަލްގެ ހިދުމަތްތައް އާބަންކޯ އިން ދެމުން އަންނާތީ އެކަން ބަދަލު ކުރުމަކީ އެމަނިކުފާނު...

''އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވަނީ އިންޑިއާއާ ޒާތީ ކަމެއް އޮވެގެން ނޫން''
Raajje

''އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވަނީ އިންޑިއާއާ ޒާތީ ކަމެއް އޮވެގެން ނޫން''

އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވަނީ އިންޑިއާއާ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ބުލޫމްބާގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މުުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިއާގެ ހައިކޮމިޝަނާ ބައްދަލުކުރައްވަައި މިހައިތަނަށް ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ބޭނުންފުޅުވެވަޑައިގަންނަވަނީ ރާއްޖެ އަކީ ހަގީގީ މާނައިގައި ފުރިހަމަ...

ހިޔާގެ ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރު ކުރަން ބަޖެޓުގައި ހިމަނަނީ
Raajje

ހިޔާގެ ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރު ކުރަން ބަޖެޓުގައި ހިމަނަނީ

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނުއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު މި ސަރުކާރުން ދީފައިވާ ކަމަށެވެ. އެގޮތު...

ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: މުއިއްޒު
Raajje

ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: މުއިއްޒު

ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖެނެރަލް މެނޭޖާސް ފޯރަމް 2023 ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ގެންނަޖެހޭ ބަދަލުތައް ގެނެސް، ހަމަހަމަ އުޖޫރު ލިބިދެވޭކަން ޔަގީންކޮށްދެއްވާނެ ކަމަށެވެ. އަދި ފަ...

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިންމާލަނީ
Raajje

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިންމާލަނީ

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިޔަލަށް ނިންމާލުމަށް އަމާޒު ކަނޑައަޅައިފިއެވެ. ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އޭރު މަސައްކަތް ފަށާފައިވަނީ މިމަހުގެ 15 ދުވަހު އެ މަސައްކަތް ނިންމުމަށް އަމާޒެއް ކަނޑައަޅައިގެންނެވެ. ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ކަނޑައެ...

ޕީއެންސީގެ ސަރުކާރެއްގައި ދިވެހިބަހާއި ސަގާފަތަށް އިސްކަންދޭން ޚާއްސަ ވުޒާރާއެއް
Raajje

ޕީއެންސީގެ ސަރުކާރެއްގައި ދިވެހިބަހާއި ސަގާފަތަށް އިސްކަންދޭން ޚާއްސަ ވުޒާރާއެއް

ޕީއެންސީގެ ސަރުކާރެއްގައި ދިވެހިބަހާއި ސަގާފަތަށް އިސްކަންދޭން ޚާއްސަ ވުޒާރާއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިލްމުވެރިންނާއި އުސްތާޒުންނާ އެކު މީރުމާ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ވުޒާރާ ވެގެންދާނީ ރާއްޖޭގެ އަމިއްލަވަންތަކަން އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ވުޒާރާއަކަށް ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ދިވެހި ބަހާއި އިސްލާމް ދީނާއި ސަގާފަތާ އާދަކާދައަށް އިސްކަން ނުދ...

ސިނަމާލެ ބުރިޖަކީ ރާއްޖެ ބަދަލުކޮށްލި މަޝްރޫއެއް: މުއިއްޒު
Raajje

ސިނަމާލެ ބުރިޖަކީ ރާއްޖެ ބަދަލުކޮށްލި މަޝްރޫއެއް: މުއިއްޒު

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ މިހައިތަނަށް ރާއްޖޭގައި ހިންގުނު އެންމެ ފާހަގަކޮށްލެވޭ ތަރައްގީގެ މަޝްރޫއު ނުވަތަ ރާއްޖެ ބަދަލުކޮށްލި މަޝްރޫއު ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ޒިންހުއާ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ ދިރިއުޅުން ބަދަލުކޮށްލާފައިވާ ކަމަށާއި މިއީ ގްރޭޓާ މާލެ ސަރަހައްދަށް ވެސް ވަރަށް ބޮޑު ކު...

ޕީއެންސީގެ ވެރިކަން ވާނީ އިސްލާމް ދީނަށް އެންމެ އިސްކަންދޭ ވެރިކަމަށް: މުޢިއްޒު
Raajje

ޕީއެންސީގެ ވެރިކަން ވާނީ އިސްލާމް ދީނަށް އެންމެ އިސްކަންދޭ ވެރިކަމަށް: މުޢިއްޒު

މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުންކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ދރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީތާ 897 އަހަރު ފުރޭ މުނާސަބާގައި، ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުމަށް ނެރުއްވި ބަޔާނުގައެވެ. އެ ބަޔާނުގައި ވިދާޅުވި އިސްލާމް ދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށް ވާއިރު، މި […]

ފުޅަދޫ ކައުންސިިލުގެ ރައީސް ޕީއެންސީ އާ ގުޅިއްޖެ
Raajje

ފުޅަދޫ ކައުންސިިލުގެ ރައީސް ޕީއެންސީ އާ ގުޅިއްޖެ

ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ޕީއެންސީ އާ ގުޅިއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހުންނެވި އަޒުހަރު، ޕީއެންސީ އާ ގުޅުނީ މިއަދުއެވެ. އޭނާ ޕީއެންސީ އާ ގުޅުމަށްފަހު، މެމްބާޝިޕް ފޯމު ހަވާކޮށްފައިވަނީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެވެ. މިކަމަށްޓަކައި ބޭއްވި ކުޑަ ރަަސްމިއްޔާތެއްގައި ފޯމު ހަވާލުރުމަށްފަހު އަޒުހަރު ވިދާޅުވީ ޕީއެންސީއަށް ސޮއިކުރަން ނިންމީ އައު ސަރުކާރުގެ ސިޔާސަތުތައް […]

ބަޖެޓް އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާއަކަށް މެމްބަރު ސައީދު
Raajje

ބަޖެޓް އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާއަކަށް މެމްބަރު ސައީދު

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލި ކޮމިޓީގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސައިފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ  ކުރިން މި ކޮމިޓީގައި ހަތް މެމްބަރުން ތިއްބެވި ނަމަވެސް މިހާރު މެމްބަރަކު ކޮމިޓީ އަށް އިތުރ...

ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް: މުއިއްޒު
Raajje

ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް: މުއިއްޒު

ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި އެންމެ ފަހު ފަހަރަށް ހުރިހައި މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ޔަގީނުން ވެސް މަގުތައް ހެދި، ޕާކިން މަލްޓިސްޓޯރީ އެތައް ބިލްޑިންއެއް އަޅައި ޕާކިންގެ ބޮޑު މައްސަލަ އަށް ހައްލެއް […]

މުއިއްޒު ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރައްޔިތުންނަން ފެންނާނެ ކަމަށް
Raajje

މުއިއްޒު ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ރައްޔިތުންނަން ފެންނާނެ ކަމަށް

އަލަށް އުފެދޭ ސަރުކާރު ގާއިމްވުމުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ. މާލޭގެ މޭޔަރުގެ ހައިސިއްޔަތުން ފަހު ފަހަރަށް ކައުންސިލްގެ މުއައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހަގީގީ މާނާގައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ފޯރިކޮށްދޭތަން ރައްޔިތުންނަށް ފެން...

ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުގެ ހިޔާނަތް ގިނަ: މުއިއްޒު
Raajje

ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުގެ ހިޔާނަތް ގިނަ: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި ކަމަށް ތުހުމަތު ކުރާ ހިޔާނާތްތަކަށް ވުރެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތްތައް ގިނަ ކަމަށް ވިދާޅުވެ، އެކަން ބައްލަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު އެގޮތަށް ވިދާޅުވީ “އަލް ޖަޒީރާ” އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތަކާއި އެމަނިކުފާނަށް އެކަމާ ގުޅިގެން ކޮށްފައިވާ ދައުވާތަކަކީ ޕީޕީއ...

އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާއިން ނުބެހޭ، އެކަމާ ސުވާލެއް ވެސް ނުއުފެދޭ: އިންތިހާބީ ރައީސް
Raajje

އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާއިން ނުބެހޭ، އެކަމާ ސުވާލެއް ވެސް ނުއުފެދޭ: އިންތިހާބީ ރައީސް

އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާއިން ނުބެހޭ ކަމަށާއި އެކަމާ ސުވާލެއް ވެސް ނުއުފެދޭ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައެވެ. ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، ރާއްޖެެއިން ބޭރުގެ މީޑިއާއަކަށް ފުރަތަމަފަހަރަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ޗައިނާ އިން ރާއްޖެއާ އަދި އެހެން ގައުމުތަކާއެކު ވެސް ގެންގުޅެނީ ރަނގަޅު ސިޔާސަތެއް ކަމަށެވެ. އަދި އެ...

އަމާޒަކީ ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމައިލުން: އިންތިހާބީ ރައީސް
Raajje

އަމާޒަކީ ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމައިލުން: އިންތިހާބީ ރައީސް

އަމާޒަކީ ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމައިލުން ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއާއި ގުޅޭގޮތުން އިންތިގާލީ މަރުޙަލާގައި މައުލޫމާތު އެއްކުރައްވަމުންދާ ކަމަށާއި ބްރިޖް މަޝްރޫއު ނުނިމި ލަސްވަމުންދާ ސަބަބު ބައްލަވައި އެމަޝްރޫއުގެ މަސައްކަތް އަވަސްކުރެއްވުމަކީ އަމާޒެއް ކަމަށެވެ. އަދި އެންމެ އެދެވޭ ސްޕީޑުގައި އެ މަޝްރޫއު ނުހިނގާ ސަބަބު ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެ މ...