''އާ ސަރުކާރުވެގެން ދާނީ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ޓޮޕް މެނޭޖުމަންޓު ތަމްސީލު ކުރާ ސަރުކާރަށް''
އެމަނުކުފާނުގެ ސަރުކާރުވެގެން ދާނީ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ޓޮޕް މެނޭޖުމަންޓު ތަމްސީލު ކުރާ ސަރުކާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ޓީވީއެމްއިން މިއަދު ގެނެސްދިން ”ދިވެހިންގެރާއްޖެ” ޕްރޮގްރާމްގައި ދައުރުވާ ކެބިނެޓްގެ ލިސްޓްތަކާއި ކުންފުނިތަކުގެ ވެރިންގެ ލިސްޓުތަކާއި ގުޅިގެން އުޢިއްޒު ވިދާޅުވީ، އެ ނަންތަކުން 95 އަށްވުރެ ގިނަ ނަން ދިމާވާ ކަމަށެވެ. ކެމްޕޭނުގައި ފެށުނީއްސުރެ ނިމިގެން މިއަދާއި ހަމައަށް އައިއިރުވެސް އެމަނިކުފާނު...