ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް
ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޢިއުލާން ކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިކަން ޢިއުލާން ކުރެއްވީ، އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި އިއްޔެ ފެށި ކޮޕް28 ބައްދަލުވުމުގައި ޤައުމީ ބަޔާން އިއްވަވަމުންނެވެ. މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގަވާނެކަން ޢިއުލާން ކުރައްވައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާ މުޚާތަބުކުރައްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަ...