"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަން މިއަދު ނިންމައިފިއެވެ. “މޯލްޑިވްސް ޒަކާތު ހައުސް” ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމެކެވެ. މި އިދާރާ ހިންގާނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ނެވެ. މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރުމާގުޅޭ ކަރުދާހެއް ހުށަހަޅުއްވާފައެވެ. ރައީސް މި ނިންމުން ނިންމެވީ...