ރާއްޖެ - ތުރުކީ، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެއްޖެ
ދިވެހިރާއްޖެ އާއި ތުރުކީ ވިލާތާއި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެއްޖެއެވެ. މި މަގުޗާޓަށް އެއްބަސްވެފައި ވަނީ، ރައީސް ޑރ. މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ، ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ތެރެއިންނެވެ. އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކުގައި ރާއްޖެއ...