ސައްހަނޫން ކޮވިޑް ސެޓްފިކެޓެއް ހެއްދި މައްސަލައިގައި ޒާކާ ގައުމީ ޓީމުން ބާކީކޮށްފި
ސައްހަނޫން ކޮވިޑް-19 ވެކްސިން ސެޓްފިކެޓެއް ހޯދިކަމަށް އިއުތިރާފުވުމާ ގުޅިގެން، ސުވިޒަލޭންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ގްރަނިޓް ޒާކާ ގައުމީ ޓީމުގެ ކޭމްޕުން ބާކީކޮށްފިއެވެ. ސުވިޒަލޭންޑް ފުޓްބޯޅަ އެސޯސިއޭޝަން (އެސްއެފްވީ) އިން ބުނީ، ޒާކާ ގައުމީ ކޭމްޕުން ދުރުކުރަން ނިންމީ އޭނާގެ އަމިއްލަ އިއުތިރާފަށްފަހު، ކުޅުންތެރިޔާ އާއި އެސޯސިއޭޝަނުގެ އިސްވެރިން ގުޅިގެން ނިންމި ނިންމުމެއްގެ ދަށުން ކަމަށެވެ. މި މައްސަލައިގައި ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ޒާކާ ބުނީ، ހިތްހަމަނުޖެހިފައި ހުރި ޖަޒުބާ...