Skip to main content
Topic Archive

#މަޖިލިސް

912 Stories filed
އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި
Raajje

އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގަންނަވާ މެމްބަރުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމާ އެކު އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ބިލަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ...

ޔާމީންގެ މައްސަލަ ލަސްވާތީ އަސްލަމް ޖޭއެސްސީ އަށް ހުށަހަޅަނީ
Raajje

ޔާމީންގެ މައްސަލަ ލަސްވާތީ އަސްލަމް ޖޭއެސްސީ އަށް ހުށަހަޅަނީ

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ. އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ […]

ކުއްޖާ އަށް އަނިޔާކުރި މައްސަލަ މަޖިލިހުގެ ކޮމިޓީއަށް
Raajje

ކުއްޖާ އަށް އަނިޔާކުރި މައްސަލަ މަޖިލިހުގެ ކޮމިޓީއަށް

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ރޭ އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅައިފިއެވެ. އެ މައްސަލަ ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދެވެ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް މިއަދު ވަނީ ގޮސްފައެވެ. އޭގެ ތެރޭގައި ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ [...

އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި
Parliament

އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ހަސަންގެ ނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެމްބަރުންގެ އިއްތިފާގުންނެވެ. އީސީގެ މެމްބަރު ކަން ހުސްވީ އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗް މަހު 13 އަށް ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް […]

މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
Parliament

މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދޭން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފިއެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވުމަށް ނަޝީދު މިދިޔަ ޖެނުއަރީ މަހު ގާނާ އަށް ވަނީ ދިރިއުޅުން ބަދަލު ކުރައްވައިފައެވެ. ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ...

ޕާޓީ ބަދަލުކުރުމުން މެމްބަރުންނާއި ކައުންސިލަރުން ވެސް އިސްތިއުފާ ދޭންޖެހޭ ގޮތަށް ބިލް ފާސްކޮށްފި
Raajje

ޕާޓީ ބަދަލުކުރުމުން މެމްބަރުންނާއި ކައުންސިލަރުން ވެސް އިސްތިއުފާ ދޭންޖެހޭ ގޮތަށް ބިލް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލުގައި ކުރިން އޮތީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް މިއަދު ފާސްކުރި ބިލުގައިވާ ގޮތުން އަމިއްލައަށް ޕާޓީން ވަކިވާ ހާލަތުގައި ނުވަތަ އެހެން ޕާޓީއަކާ ގުޅޭ ހާލަތުގައި ޖެހޭނީ އިސްތިއުފާ […]

ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު އައްޔަންކޮށްފި
Parliament

ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިން ސިފައިންގޭގައި މަސައްކަތް ކުރި ތޮލްހަތު ހަސަން އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ. ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ. އެ މަގާމަށް ތޮލްހަތު އައްޔަން ކުރަން ފާސްވީ މަޖިލިހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. ތޮލްހަތު އެމްއެންޑީއެފުން ރިޓަޔާ ކުރެއްވުމުގެ ކުރިން ހުންނެވީ މޭޖާގެ ރޭނ...

އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
Raajje

އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ ގެންދެވި އެވެ. ނަމަވެސް މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ބާއްވަން ނިންމުމާ އެކު ކުރުމާ އެކު ރަޝީދު ވަނީ އޭނާގެ ފޯމު އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ […]

މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމުމުން ޓްރެފިކަށް ލުއި ވާނެ: އިހުސާން
Parliament

މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމުމުން ޓްރެފިކަށް ލުއި ވާނެ: އިހުސާން

މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރު ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކުރެއްވި ސުވާލަކާ ގުޅިގެން އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ކުރާތ...

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް
Parliament

މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތަކަށް އެދި ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާ އަށް ވާދަކުރަން އަހުމަދު ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ އޭރު ގެންދެވި އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު އޮތީ ހަމަވެފަ އެވެ. މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމުން […]

އީސީއަށް މެންބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނަގަން އިސްލާހް ހުށަހަޅައިފި
Raajje

އީސީއަށް މެންބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނަގަން އިސްލާހް ހުށަހަޅައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭގޮތަށް އީސީގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ. އީސީގެ ޤާނޫނަށް މި އިސްލާޙް ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް އަލީއެވެ. 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށި އިލެކްޝަން ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުން އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަނަށް އައްޔަނުކުރުމަށްޓަކައި މަޖިލީހުން ފާ...

ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސް ކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް!
Parliament

ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސް ކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް!

ސަރުކާރެއް އެކުލަވާލުމަށް ފަހު އުފައްދާ ސިޔާސީ މުވައްޒަފުންގެ އަދަދާއި މިނިސްޓްރީތަކުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެ އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސް ކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެ...

މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އަށް އިސްލާހެއް ފޮނުވައިފި
Parliament

މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އަށް އިސްލާހެއް ފޮނުވައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ. މި ބިލް މަޖިލިހަށް ފޮނުއްވީ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމް އެފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، މެމްބަރުންގެ އަދަދު ހިފަހައްޓަން ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވިއެވެ. އެކަމަކު، އެ އިސްލާހު މަޖިލިހުން ފާސް...

މަޖިލީހުގެ އިންތިޚާބު އޭޕްރިލް 21 ގައި
Raajje

މަޖިލީހުގެ އިންތިޚާބު އޭޕްރިލް 21 ގައި

ރޯދަމަހުގެ ފަހުން އިންތިޚާބުތައް ބޭއްވުމަށް ޤާނޫނަށް ގެނައި އިސްލާހްގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއެކު އިންތިޚާބުގެ އައު ތާރީޚް މިރޭ ޢިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި އިންތިޚާބު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް މިއަދު ތަޞްދީޤުކުރެއްވުމާއެކު އީސީން މިރޭ ބުނިގޮތުގައި ދެން 20 ވަނަ މަޖިލީހުގެ […]

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް: ސުޕްރީމް ކޯޓް
Parliament

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ސަރުކާރުން މި މައްސަލަ ކޯޓަށް ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ […]