Skip to main content
Topic Archive

#މަޖިލިސް

912 Stories filed
ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ދެވަނަ ފަހަރަށް ފާސްކޮށްފި
Raajje

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ދެވަނަ ފަހަރަށް ފާސްކޮށްފި

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައި ވަނިކޮށް، މަޖިލީހުން މިއަދު އަނެއްކާ ވެސް އެ ބިލު ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް ތަސްދީގުނުރައްވާ އަނބުރާ ފޮނުވައިލެއްވީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓ...

މަޖިލިސް ގަވާއިދުގެ މައްސަލާގެ ހުކުމް  ބުރާސްފަތި ދުވަހު އިއްވަނީ
Raajje

މަޖިލިސް ގަވާއިދުގެ މައްސަލާގެ ހުކުމް ބުރާސްފަތި ދުވަހު އިއްވަނީ

މެމްބަރުންގެ އަދަދު ގުނާގޮތާ ބެހޭގޮތުންމަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލާގެ ހުކުމް ބުރަާސްފަތި ދުވަހު އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑި ނުހިމަނާ ގުނާ ގޮތަށެވެ. އެ ބަދަލާ އެކު، ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ބައެއް ގޮނޑިތައް ހުސްވެފައި އޮތުމުންނެވެ. އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ […]

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް
Parliament

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު އަނބުރާ މަޖިލީހަށް

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް މިއަދު ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ. މި ބިލަކީ، 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިނ...

ބްރޯޑްކޮމް އަށް ނުޒުހާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
Raajje

ބްރޯޑްކޮމް އަށް ނުޒުހާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމް އަށް ބޭފުޅަކު އައްޔަން ކުރަނީ މިދިޔަ އަހަރު ޖެނުއަރީ 8 ގައި ކޮމިޝަންގެ މެމްބަރަކަށް ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމ...

މަޖިލިސް ހުއްޓުނަސް, ކުޑަ އަދަދަކުން ރައީސް ވަކިކުރަން ފުރުސަތު ނުދެވޭނެ: އޭޖީ
Raajje

މަޖިލިސް ހުއްޓުނަސް, ކުޑަ އަދަދަކުން ރައީސް ވަކިކުރަން ފުރުސަތު ނުދެވޭނެ: އޭޖީ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަސް, މަދު އަދަދެއްގެ މެމްބަރުން ތިބެގެން ރައީސް މަގާމުން ވަކިކުރުން ފަދަ  ބޮޑެތި ނިންމުންތައް މަޖިލީހުން ނިންމަން ފުރުސަތު ނުދެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ ޖުމުލަ މެންބަރުން ކަމަށް މިހާރު ބަ...

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ތަސްދީގު ނުކޮށް ލަސްވާތީ ކުއްލި މައްސަލައެއް
Parliament

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ތަސްދީގު ނުކޮށް ލަސްވާތީ ކުއްލި މައްސަލައެއް

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ތަސްދީގުކުރެއްވުން ލަސްވާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މިޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 11 ފެބްރުއަރީ 2024 ގައެވެ. ޤާނޫނުއަސާސީ ބުނާގޮތުން މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރެއްވުމަށް ރައީސް އަށް ފޮނުއްވުމުން އެ ބިލު ތަސްދީ...

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެ އިންތިޒާމު ދައުރުގެ ކުރީކޮޅު ހަމަޖެއްސޭނެ: ޝިޔާމް
Raajje

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެ އިންތިޒާމު ދައުރުގެ ކުރީކޮޅު ހަމަޖެއްސޭނެ: ޝިޔާމް

ދިވެހި މަސްވެރިން މަސް ކިރުމަށްފަހު، 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭގޮތް ހައްދަވާނެކަމަށް މަސްވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފާ ވަޢުދުފުޅު މި ދައުރުގެ ކުރީކޮޅު ފުއްދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބ...

މަޖިލިސް ގަވާއިދުގެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުން އަވަސްކޮށްފި
Parliament

މަޖިލިސް ގަވާއިދުގެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުން އަވަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލްކުރަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން އަވަސްކޮށްފި އެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑި ނުހިމަނާ ގުނާ ގޮތަށެވެ. އެ ބަދަލާ އެކު، ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ބައެއް ގޮނޑިތައް ހުސްވެފައި އޮތުމުންނެވެ. އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް […]

މެމްބަރުންގެ އަދަދު ގުނާގޮތަށް ގެނައި އިސްލާހުގެ މައްސަލަ މިމަހު ކޯޓުން ފަށަނީ
Parliament

މެމްބަރުންގެ އަދަދު ގުނާގޮތަށް ގެނައި އިސްލާހުގެ މައްސަލަ މިމަހު ކޯޓުން ފަށަނީ

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލާގެ އަޑުއެހުން މި މަހު 25 ވަނަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އާ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމުން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާއިރު، އާ މެމްބަރުން އިންތިހާބުކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު […]

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކޮށްފި
Parliament

ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކޮށްފި

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މަޖިލީހުގައި މިއަދު ވަނީ އެކޮމެޓީގެ ރިޓަށް ބަހުސްއަށް ހުޅުވާލައި، ވޯޓަށް އަހާފައެވެ. އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. މި ބިލުގެ...

އެމްޑީޕީ އާއި ޑިމޮކްރަޓްސްގެ ވޯޓުން ރައީސް ވަކިކުރެވޭ އިސްލާހަށް އަމަލުކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި
Raajje

އެމްޑީޕީ އާއި ޑިމޮކްރަޓްސްގެ ވޯޓުން ރައީސް ވަކިކުރެވޭ އިސްލާހަށް އަމަލުކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުންގެ ވޯޓުން ރައީސުލް ޖުމްހޫރިއްޔާ ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ގާނޫނު އަސާސީ އޮންނަ ރައީސާއި ނައިބު ރައީސް ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ ރައީސާއި ނައިބު ރައީސް ވަކި ކުރުމަށްޓަކައި މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި […]

ކޮމެޓީން ނިންމީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން
Raajje

ކޮމެޓީން ނިންމީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު، އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހް ހިމަނައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. މި ބިލުގެ މަސައްކަތަށް މަޖިލީހުން ނަގާފައިވާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި އިސްލާޙް ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް […]

ސީއެސްސީއަށް މެންބަރެއް ޢައްޔަނު ކުރުމަށް ތިން ނަމެއް
Parliament

ސީއެސްސީއަށް މެންބަރެއް ޢައްޔަނު ކުރުމަށް ތިން ނަމެއް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް މެންބަރަކު އައްޔަންކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. ސީއެސްސީގެ މެންބަރުކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުން ތެރެއިން ތިންް ނަމެއް ރައީސް މަޖިލީހަށް ފޮނުއްވިއިރު، މި ބޭފުޅުންގެ ނަންތައް ހިމެނޭ ސިޓީ މިއަދު މަޖިލީހުގެ ޖަލްސާގައި އިއްވުމަށްފަހު، މިނަންތައް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. ސީއ...

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނު ކުރަނީ
Raajje

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނު ކުރަނީ

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީން ކުރުމުގެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަން ހާމަކުރައްވައި، ސަރުކާރު ހިންގުމާ ޙަވާލުވެ ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފައިވާކަ...

މިސްކިތްތަކަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފި
Raajje

މިސްކިތްތަކަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފި

ދިވެހިރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަން ފާހަގަކުރައްވައި، މިގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާ ސުލޫކު މުޖްތަމަޢުގައ...