Skip to main content
Topic Archive

#މަޖިލިސް

912 Stories filed
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން ބިލެއް ފޮނުވައިފި
Parliament

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން ބިލެއް ފޮނުވައިފި

އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭގޮތް ހަދަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ފޮނުވައިފިއެވެ. އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި “އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި […]

މަޖިލީހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދަނީ
Raajje

މަޖިލީހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް އުފައްދަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. ޕީއެސްއެމް “ރާއްޖެ މިއަދު” ޕްރޮގްރާމްގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެދިގެން ދާނެ ކަމަށެވެ. އާންމު ކޮމިޓީން އެގޮތަށް ނިންމިޔަސް، މަޖިލިހުގެ ތަޅުމުން އެކަން ފާސް ކުރަން ޖެހެއެވެ. ނާޒިމް ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމާ ބެހޭ ކ...

ރައްޔިތުންނަށް ފައިދާހުރި ކަންކަން ނިންމަން މަޖިލިސް ވަރުބަލިކަމެއް ނެތި އޮންނާނެ: އަބްދުއްރަހީމް
Parliament

ރައްޔިތުންނަށް ފައިދާހުރި ކަންކަން ނިންމަން މަޖިލިސް ވަރުބަލިކަމެއް ނެތި އޮންނާނެ: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކޮނޑުގައި އެޅިފައި ވަނީ ބޮޑު ބިޔަ މަސައްކަތެއް ކަމަށާއި މި ކަންކަމާ މެދު މަޝްވަރާ އާއި ބަހުސްކޮށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިޔުމުގައި މަޖިލިސް ވަރުބަލިވުމެއް ނެތި ދެމިއޮންނާނެ ކަމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިސް ރައީސްގެ މަގާމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީސް އެކުލަވާލެވުނީ ގައުމަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި މި މަގާމަށް އެމަނިކުފާނުގެ ނަން...

މިއީ އެންމެ މަންފާ ހުރި މަޖިލިހަކަށް ހައްދަވައި ދެއްވާ: ރައީސް
Parliament

މިއީ އެންމެ މަންފާ ހުރި މަޖިލިހަކަށް ހައްދަވައި ދެއްވާ: ރައީސް

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަކީ ބަރުލަމާނު ހަޔާތުގައި މިހާތަނަށް ތަމްސީލް ކުރައްވާ އެންމެ ޒިންމާދާރު، އެންމެ މަންފާ ހުރި ކަންކަން ނިންމަވާ މަޖިލިހަށް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގަތީ 20 ވަނަ މަޖިލިހުގެ 93 މެމްބަރުން ހުވާ ކުރެއްވި ފަހުން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުއިއްޒު މިވަގުތު ހުންނެވީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެންޓިގާގައެވެ. އެ ޕޯސްޓ...

މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ސޯލިހް އެދިވަޑައިގެންފި
Parliament

މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ސޯލިހް އެދިވަޑައިގެންފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރެއްވި މެމްބަރުން ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ސޯލިހް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިހަށް ހޮވިވަޑައިގެން މިއަދު މަގާމުގެ ހުވާ ކުރެއްވި ހުރިހާ މެމްބަރުންނަށް ތަހުނިޔާ އަރިސް ކުރައްވާ ކަމަށެވެ. އަދި މެމްބަރުންނަށް ރައްޔިތުން ހަވާލު ކުރެއްވި މުހިއްމު ވާޖިބު އެންމެ ފުރިހަމަ އަށް އަދާކުރައްވައި ގާނޫނުއަ...

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ނާޒިމް
Parliament

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ނާޒިމް

20 ވަނަ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް އިންތިޚާބުވެއްޖެއެވެ. މިގޮތުން މިއަދު ކުރިއަށްދާ މި ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޕީއެންސީން މަޖިލީހުގެ ނައިބަކަށް ހުށަހަޅާފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްގެ ނަމެވެ. އަދި އެމްޑީން ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ. މި ވޯޓުގައި ނާޒިމް މަޖިލީހުގެ ނައިބަކަށް އިންތިޚާބުވީ 80 ވޯޓުންނެވެ. […]

20 ވަނަ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުކޮށްފި
Parliament

20 ވަނަ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުކޮށްފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ މިއަދު އިންތިޚާބުކޮށްފިއެވެ. މިއަދު 10:15 ގައި ފެށި 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ޖަލްސާ ގައި މަޖިލީހުގެ ރައީސްގެ މަގާމަށް ބޮޑު ދެ ޕާޓީން ވެސް ނަން ހުށަހަޅައިފިއެވެ. މިގޮތުން ވެރިކަންކުރާ ޕީއެންސީން ހުށަހެޅީ ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ގެ ނަމެވެ. އެމްޑީޕީން ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަމެވެ. މަޖިލިސް ރައީސްގެ މަގާމު […]

މަޖިލިސް ނައިބު ކަމަށް ނާޒިމް އާއި އަހްމަދު ދީދީގެ ނަން
Parliament

މަޖިލިސް ނައިބު ކަމަށް ނާޒިމް އާއި އަހްމަދު ދީދީގެ ނަން

20 ވަނަ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ދެ ނަމެއް ހުށަހަޅައި ތާއީދު ލިބިއްޖެއެވެ. މިގޮތުން 10:15 ގަައި ފެށި މި ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޕީއެންސީން މަޖިލީހުގެ ނައިބަކަށް ހުށަހަޅާފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްގެ ނަމެވެ. އެނަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ އެވެ. އެ ނަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ […]

މަޖިލިސް ރައީސް ކަމަށް އަބުދުއްރަޙީމް އާއި ނާޒިލްގެ ނަން
Parliament

މަޖިލިސް ރައީސް ކަމަށް އަބުދުއްރަޙީމް އާއި ނާޒިލްގެ ނަން

20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ޖަލްސާ މިހާރު ކުރިއަށް ދާއިރު މަޖިލީހުގެ ރައީސްގެ މަގާމަށް ބޮޑު ދެ ޕާޓީން ވެސް ނަން ހުށަހަޅައިފިއެވެ. މިގޮތުން ވެރިކަންކުރާ ޕީއެންސީން ހުށަހެޅީ ލ. ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ ގެ ނަމެވެ. އެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަލާޙެވެ. އެމްޑީޕީން ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަމެވެ. ނާޒިލްގެ […]

20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވައިފި
Parliament

20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވައިފި

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން މެންބަރުން މަޤާމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. އެކަމަށް ބޭއްވި ޖަލްސާ ފެށިފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނެވެ. މެންބަރުން ހުވާކުރެއްވުމަށްފަހު ހުވާގެ އިޤްރާރުގައިވަނީ ސޮއިކުރައްވާފައިވާއިރު، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފެށޭނީ 10:15 ގައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައިވާ މީދޫ ދާއިރާގެ...

ތިނަދޫ ދެކުނު އިންތިޚާބީ މެމްބަރު އަލްސަން ވެސް ޕީއެންސީ އަށް
Raajje

ތިނަދޫ ދެކުނު އިންތިޚާބީ މެމްބަރު އަލްސަން ވެސް ޕީއެންސީ އަށް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީން ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ. ޕީއެންސީއާއި އަލްސަން ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަލްސަންގެ އިތުރުން މިދިޔަ އ...

ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ޕީއެންސީ އަށް ސޮއިކޮށްފި
Raajje

ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ޕީއެންސީ އަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިން ހަބީބު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އިއްޔެ ސޮއިކޮށްފިއެވެ. ޕީއެންސީން އިއްޔެ ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ޝާމިން ހަބީބު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައި ކަމަށެވެ. ޕީއެންސީއާއި ޝާމިން ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ޝާމިން...

މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި
Parliament

މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ނިންމާލައިފިއެވެ. މަޖިލިހުގެ ޖަލްސާ ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައެވެ. އެކަމަކު، އެ ގަޑީގައި ކޯރަމް ހަމަނުވެގެން ފެށޭ ގޮތެއް ނުވެގެން ޖަލްސާ ވަނީ ހެނދުނު 10:00 އަށް ފަސްކޮށްފައެވެ. އެއް ގަޑިއިރު ފަހުން ފަށަން ބެލި އިރު ވެސް ކޯރަމް ހަމަވާ ގޮތެއް ނުވިއެވެ. އެހެންވެ، ޖަލްސާ ފެށުން މިއަދު ހެނދުނު 11:00 އަށް ފަސް ކުރުމުން […]

ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
Parliament

ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ދާއިރާގެ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަކިކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ. ރައްޔިތުންގެ މަޖިލިހަށް އެ އިސްލާހު ހުށަހެޅުއްވީ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެމްބަރު ކަމުން...

20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން މެއި 28ގައި
Parliament

20 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން މެއި 28ގައި

20 ވަނަ މަޖިލީހަށް އިންތިޚާބުގައި އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ. ވިހި ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ މެއި 28 ބާއްވަން ނިންމަވާފައިވާކަން ޢިއުލާން ކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު، މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މ...