އައްޑޫ މޫދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން ދެނެގަނެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ފުލުހުން ބުނި ގޮތުގައި، ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 13 ވާ ހުކުރު ދުވަހުގެ ހަވީރު 16:41 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީއެއް ކަމަށް ފުލުހުން ކުރިން ކަށަވަރުކޮށްދިން ނަމަވެސް، އެއީ ކޮން ގައުމެއްގެ ކާކުކަން […]