ޕީއެންސީ އެންމެ ބޮޑު ޕާޓީއަށްވީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް މަސައްކަތް ކުރާތީ: މުހައްމަދު
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެގެން ދިޔައީ ރައްޔިތުންގެ ވިސްނުމާއި އެދުންތަކާ އެއްގޮތަށް އެ ޕާޓީން މަސައްކަތް ކުރަމުންދާތީ ކަމަށް، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ. މެމްބަރު މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، ކޮންގްރެސް ޕާޓީގައި 77،...