Skip to main content
Topic Archive

#މުޙައްމަދު އިސްމާއިލް (ހޯރަފުށީ ދ ކުރީގެ މެމްބަރު)

35 Stories filed
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދުގެ ބަންދަށް ތިންދުވަސް
Raajje

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދުގެ ބަންދަށް ތިންދުވަސް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް، ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ. ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކުރީ އިއްޔެ ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނެވެ. މުޙައްމަދުގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިކަމަށް އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދާމެދު...

ވެރިކަން ނިމޭދުވަހު ރައީސް ޞާލިޙަށް އޮތީ ގާމާދޫ ޖަލު: މުޙައްމަދު
Raajje

ވެރިކަން ނިމޭދުވަހު ރައީސް ޞާލިޙަށް އޮތީ ގާމާދޫ ޖަލު: މުޙައްމަދު

ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ފުރުއްވަމުން ގެންދަވާ ވެރިކަމުގެ ދައުރު 2023 ވަނަ އަހަރު ހަމަވާ ދުވަހު، ވަޑައިގަންނަވަން ޖެހޭނީ ގާމާދޫ ޖަލަށް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މުޙައްމަދު މިހެން ވިދާޅުވީ މިއަދު ހަވީރު، ޓީވީޗެނަލް ”ޗެނަލް-13” އިން ގެނެސްދިން ލައިވް ޕްރޮގްރާމް “މަގޭ ޤައުމު” ގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މިހާރު މި ވެރިކަން އޮތީ ވަރަށް ބަލިކަށިކޮށް ކަމަށެވެ. ކިރިޔާ “ކޮއްޕާލިޔަސް ވެއްޓޭނެ” […]

ރައީސް ޔާމީނު ޖަލުގައި ބަހައްޓާފައި، މުޖުރިމު''ކަލޭގެ''ބަހައްޓާފައި އެހެރީ އެއާކޯނު ކޮޓަރީގައި: މުޙައްމަދު
Raajje

ރައީސް ޔާމީނު ޖަލުގައި ބަހައްޓާފައި، މުޖުރިމު''ކަލޭގެ''ބަހައްޓާފައި އެހެރީ އެއާކޯނު ކޮޓަރީގައި: މުޙައްމަދު

ކުރީގެ ރައީސް ޢަބުދުﷲ ޔާމީނު ޢަބުދުއްޤައްޔޫމު ނުހައްޤުން ޖަލުގައި ބަހައްޓާފައި، ”މުޖުރިމު ކަލޭގެ” ބަހައްޓާފައި ހުރީ އެއާކޯނު ކޮޓަރިއެއްގައި ކަމަށާއި، އެކަމާއި ރައްޔިތުން ވިސްނުމަށް ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މުޙައްމަދު މިހެން ވިދާޅުވީ، ރޭ އިދިކޮޅު ޕްރޮގްރޮއްސިވް ކޯލިޝަނުން މާލޭ ސިޓީ ކާނިވަލުގައި ބޭއްވި ”ވިސްނާ” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުޙައްމަދު ވަނީ ރައީސް މައުމޫންގެ ތިރީސް އަހަރުގެ ވެރިކަމަށް ވެސް ވަރަ...

ކައުންސިލް އިންތިޚާބު ކޯލިޝަނަށް ހޯދުމަށް ދަނީ ބޮޑެތި ދޮގުތައް ހަދަމުން: މުޙައްމަދު
Raajje

ކައުންސިލް އިންތިޚާބު ކޯލިޝަނަށް ހޯދުމަށް ދަނީ ބޮޑެތި ދޮގުތައް ހަދަމުން: މުޙައްމަދު

‏ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ވެރިކަންކުރާ ކޯލިޝަނަށް ހޯދުމަށްޓަކައި، ބޮޑެތި ދޮގުތައް ހަދަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ވަނީ މަޝްރޫޢުތަކެއްގެ ދައްކުވައިދޭ ކުރެހުންތަކެއް ފެންނަ ހަތަރު ފޮޓޯވެސް ހިމަނުއްވާފައެވެ. އެ ޓުވީޓުގައި، ފޮޓޯތަކަށް އިޝާރާތް ކުރަށްވާ އޭނާ ވިދާޅުވީ އެއީ ”ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށް ދައްކަ...

ރައީސް ޞާލިހެކޭ ފޮޓޯ ލޯގަނޑެކޭ ތަފާތެއްނެތް: މުޙައްމަދު އިސްމާޢީލް
Raajje

ރައީސް ޞާލިހެކޭ ފޮޓޯ ލޯގަނޑެކޭ ތަފާތެއްނެތް: މުޙައްމަދު އިސްމާޢީލް

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެކޭ، ފޮޓޯ ލޯގަނޑެކޭ ތަފާތެއް ނެތްކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ޗެނަލް13 އިން ގެނެސްދިން ނިއުސް ޓޯކް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުރިމަތީގައި ފޮޓޯ ފްރޭމެއް ބަހައްޓަވަމުން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙެކޭ އޭނާ ކުރިމަތީ ހުރި ފޮޓޯ ލޯގަނޑެކޭ އެއްވެސް ތަފާތެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތީ ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާ ކުރާނެކަމަށް ކަމަށް ވަޢުދުވެ ވަޑައި...