ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލާ ހަރަކާތުގައި ބައިވެރިވާން ހުޅުވާލައިފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ޚާއްސަ ހަރަކާތް “ރިވެލި ތަރި” 2021 އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ “ރިވެލި ތަރި” މިއަހަރުވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. “ރިވެލި ތަރި” ގެ މައިގަނޑު މަޤުޞަދަކ...