ޔޫއޭއީން ދިން 40,000 ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް
ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ފިޠުރު ޒަކާތުގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި 40,000 އަށްވުރެ ގިނަ ޑޮލަރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޢީދު ހަދިޔާގެ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މިއީ ޔޫއޭއީގެ ހެޔޮއެދުންތަކާއެކު އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައ...