Skip to main content
Topic Archive

#މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

69 Stories filed
ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ބޭނުންނުވެ 5 އެއާޕޯޓެއްގެ މަސައްކަތް ނިންމާލެވޭނެ: ވަޒީރު
Parliament

ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ބޭނުންނުވެ 5 އެއާޕޯޓެއްގެ މަސައްކަތް ނިންމާލެވޭނެ: ވަޒީރު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ކުރިއަށްދާ ފަސް އެއާޕޯޓެއްގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ނުބެލެވޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާ...

ލޯނުގެ އިކުއިޓީ ސަރުކާރުން ހިލޭ ދޭ ސްކީމް: މިއަހަރު 1،500 މީހުންނަށް ފުރުސަތު، އަންނަ އަހަރު އިތުރުވާނެ
Business

ލޯނުގެ އިކުއިޓީ ސަރުކާރުން ހިލޭ ދޭ ސްކީމް: މިއަހަރު 1،500 މީހުންނަށް ފުރުސަތު، އަންނަ އަހަރު އިތުރުވާނެ

އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި “ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް”ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމަށް އެދުމުގެ ފުރުސަތު މިއަހަރު ހުޅުވާލައި، 1،500 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ “ހެލްޕް ޓު ބިލްޑް” އަދި “ހެލްޕް ޓު ބައި” ސްކީމް...

އީގަލް ހިލްސްއިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅަނީ، އާންމުންގެ ގޯތިތަކަށް އަސަރެއް ނުކުރާނެ
Raajje

އީގަލް ހިލްސްއިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅަނީ، އާންމުންގެ ގޯތިތަކަށް އަސަރެއް ނުކުރާނެ

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅައިދޭނެކަމަށް އިންފްރާސްޓަކްޗަރ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނިގޮތުގައި، ރަސްމާލޭގެ މި މަޝްރޫއުގެ ސަބަބުން އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯއްޗާއި ފްލެޓްތަކުގެ އަދަދަ...

ދުބާއީ ބިނާކުރި އަލައްބާރުގެ އީގަލް ހިލްސްއިން ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަނީ
Raajje

ދުބާއީ ބިނާކުރި އަލައްބާރުގެ އީގަލް ހިލްސްއިން ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަނީ

ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވިޔަފާރި އުސޫލުތަކުގެ އެއްބަސްވުމެއްގައި (ކޮމާޝަލް ޓާމްސް އެގްރީމަންޓް) ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓާއި، ޔޫއޭއީގެ އީގަލް ހިލްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގަ...

ސިނަމާލެ ބްރިޖަށް ބޮޑު ގެއްލުމެއް ނުވޭ، ރައްކާތެރިކަން ވަރުގަދަކުރަން ދެ ޓަގުބޯޓު ހޯދަނީ
Raajje

ސިނަމާލެ ބްރިޖަށް ބޮޑު ގެއްލުމެއް ނުވޭ، ރައްކާތެރިކަން ވަރުގަދަކުރަން ދެ ޓަގުބޯޓު ހޯދަނީ

ރޭ މާލެ ކައިރިން އޮޔާދިޔަ ދެ ބޯޓު ސިނަމާލެ ބްރިޖުގައި ޖެހި ހިނގި ހާދިސާގައި ބްރިޖުގެ މައިގަނޑު ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ލިބިފައިވަނީ ބޭރުފުށުގެ ކޫރުންތަކެއް އެކަނި ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބްރިޖު އެޅި ކުންފުނި ކަމަށްވާ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރެޔާއި މިއަދު ހެނދ...

ބޯހިޔާވަހިކަމާ ގުޅޭ ހައްލުނުވެ ދުވަސްވީ މައްސަލަތަކުގައި ސީދާ މިނިސްޓްރީން ގޮތް ނުނިންމަން ނިންމައިފި
Raajje

ބޯހިޔާވަހިކަމާ ގުޅޭ ހައްލުނުވެ ދުވަސްވީ މައްސަލަތަކުގައި ސީދާ މިނިސްޓްރީން ގޮތް ނުނިންމަން ނިންމައިފި

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ ހައުސިން މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމައި، އެފަދަ މައްސަލަތައް ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވަން ނިންމައިފިއެވެ. މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް...

21 އަހަރުވީ ބިމެއްގެ މައްސަލަ: ''ބިން ހަވާލުކުރާނީ އޭސީސީގެ ލަފާ ހޯދުމަށްފަހު''
Raajje

21 އަހަރުވީ ބިމެއްގެ މައްސަލަ: ''ބިން ހަވާލުކުރާނީ އޭސީސީގެ ލަފާ ހޯދުމަށްފަހު''

ހުޅުމާލެއިން ބިމެއް ލިބި، 21 އަހަރު ވީއިރުވެސް ބިން ހަވާލުނުކުރެވި އޮތް އަޙްމަދު ޠަލްޙަތަށް ބިން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެންމެ ފަހުގެ ނިންމުން ނިންމާނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފާ ހޯދުމަށްފަހު ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. ހައުސިންގ މިނިސްޓްރީން ބުނީ، މިއީ ރައްޔިތުންގެ ޙައްޤުތަކާ ގުޅުންހުރި މައ...

ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢު ހަވާލުކޮށްފި
Thiladhunmathi News

ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢު ހަވާލުކޮށްފި

ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ...

އިންޖިނިއާސް އެވޯޑުގެ އެޕްލިކޭޝަންތައް ވަޒަންކުރަން ހަތް މެންބަރުންގެ ކޮމިޓީއެއް
Raajje

އިންޖިނިއާސް އެވޯޑުގެ އެޕްލިކޭޝަންތައް ވަޒަންކުރަން ހަތް މެންބަރުންގެ ކޮމިޓީއެއް

ދިވެހި އިންޖިނިއަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އިންޖިނިއަރުންގެ އެވޯޑަށް ހުށަހަޅާ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ވަޒަންކުރުމަށްޓަކައި ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލިއެވެ. އިންފްރާސްޓަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ވަނީ އެ މިނިސްޓްރީން އެކުލަވާލައިފައިވާ ”އިންޖިނިއާސް އެވޯޑް ދިނުމާބެހޭ އުސޫލު”ގެ ދަށުން އިންޖިނިއާސް އެވޯޑުގެ އެޕްލިކޭޝަންތައް ވަޒަންކުރަން އެކުލަވާލި ކޮމެޓީގެ މެމްބަރުންގެ މައުލޫމާތު އާންމުކޮށްފައެވެ. މި ކޮމިޓީގ...

ތިލަމާލެ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލައިފި
Raajje

ތިލަމާލެ ބްރިޖުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލައިފި

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ކާމިޔާބުކަމާއެކު ލޯންޗުކޮށް، ދެ ރަށް އެއްގަމު މަގުން ގުޅާލައިފިއެވެ. މިއީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެއާއި މާލެ ގުޅުވައިދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު، ބްރިޖުގެ މި ބައިގެ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ފުރިހަމަވެފައެވެ....

ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ
Thiladhunmathi News

ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ

ށ. ނަރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަކިކޮށް، އެމް.ޑަބްލިޔު.އެސް.ސީ ނުވަތަ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަސަނާ ވަނީ ނަ...

މާލޭ ކޯޓު ކޮމްޕްލެކްސްގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
Business

މާލޭ ކޯޓު ކޮމްޕްލެކްސްގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހުޅުމާލޭގައި ތަރައްގީކުރާ މާލޭ ކޯޓު ކޮމްޕްލެކްސް ބިނާކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޢަފޫރު (ޔޫސޭ) އެވެ. އެމްޓީސީސީގެ ފަރާތުން ސޮއ...

މާލޭ ބޮޑުތަކުރުފާނު މަގު މަޝްރޫޢު: އަލަށް ތަަރައްގީކުރި ސަރަހައްދު ހުޅުވާލައިފި
Business

މާލޭ ބޮޑުތަކުރުފާނު މަގު މަޝްރޫޢު: އަލަށް ތަަރައްގީކުރި ސަރަހައްދު ހުޅުވާލައިފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އިންފްރާސްޓަކްޗަރ، ހައުސިން އެންޑް އާބަންޑިވެލޮޕްމެންޓް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު 16:00 އިން ފެށިގެން ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އަލަށް ތަރައްގީކޮށްފައި ވަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ހަ...

ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ
Thiladhunmathi News

ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ

ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނިގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މި މަޝްރޫޢޫގެ ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ބޭރު...

ދިއްދޫގައި އަޅާ 75 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް
Thiladhunmathi News

ދިއްދޫގައި އަޅާ 75 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓުގެ ބޮޑުބައި ނިމި، އަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. ޖުމްލަ 120 މިލިއަން ރުފިޔާ ހ...