ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރަން ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްފި
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ސަތޭކަ އިންސައްތަ ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ “އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމް” ގެ ދަށުން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރި ދިވެހި ކުންފުނިތަކަކީ: އ...