Skip to main content
Topic Archive

#މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

66 Stories filed
ދުއްތުރާތަކާ ދެކޮޅަށް ސައީދު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރުގެ ފަހުން ނިންމާލައިފި
Raajje

ދުއްތުރާތަކާ ދެކޮޅަށް ސައީދު ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރުގެ ފަހުން ނިންމާލައިފި

ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރުގެ ފަހުން ނިންމާލައިފިއެވެ. ސައީދު މި ހަޅުތާލު ނިންމާލީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމާ ގުޅިގެންނެވެ. ހަޅުތާލު ނިންމާލުމަށްފަހު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ހަޅުތާލު...

ހިތާމަތައް ފޮރުވައިގެން ނުތިބެ ހިއްސާކުރޭ، ހޯމްލޭންޑް މިނިސްޓްރީން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަހުލުވެރިކޮށްފި
Raajje

ހިތާމަތައް ފޮރުވައިގެން ނުތިބެ ހިއްސާކުރޭ، ހޯމްލޭންޑް މިނިސްޓްރީން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަހުލުވެރިކޮށްފި

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ޤާއިމުކުރުމަށް އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މުވައްޒަފުންނަށް ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކުގައެވެ. މި ބައްދަލުވުމުގައި، އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާ ދެމެދުގައިވާ ގުޅުމު...

ބެކްލޮގުގައި އޮތް 2،600 ޕާސްޕޯޓު ކްލިއާކޮށް، އާދިއްތައިގައި ފުރިހަމަ ޚިދުމަތް ފަށަނީ
Raajje

ބެކްލޮގުގައި އޮތް 2،600 ޕާސްޕޯޓު ކްލިއާކޮށް، އާދިއްތައިގައި ފުރިހަމަ ޚިދުމަތް ފަށަނީ

ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މެދުކެނޑުމެއް އައިސްފައިވާ ޕާސްޕޯޓުގެ ޚިދުމަތް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތަށް އެޅުނު ހުރަހުގެ ސަބަބުން މިހާރު ބެކްލޮގުގަ...

18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދަވައިފި
Raajje

18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދަވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން 18 އަތޮޅެއްގައި “ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި އިދާރާތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި މަރުކަޒުތައް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. އަލަށް އުފެއްދެވި މި މަރުކަޒުތަކުގެ ބަލަދުވެރި...

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށް ގަވާއިދު އިސްލާހުކޮށްފި
Raajje

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށް ގަވާއިދު އިސްލާހުކޮށްފި

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް މުސާރަ ދޭންޖެހޭނީ ބޭންކް އެކައުންޓަކަށް ކަމަށް ލާޒިމްކޮށް، “ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު” ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިސްލާހުކޮށްފިއެވެ. އެ މިނިސްޓްރީން އާންމުކުރި ގަވާއިދަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ބިދޭސީންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި...

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ބައެއް ރިސޯޓްތަކާއި ސިޔާސީ ބޭފުޅުންވެސް ހިމެނޭ: ވަޒީރު އިޙްސާން
Raajje

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ބައެއް ރިސޯޓްތަކާއި ސިޔާސީ ބޭފުޅުންވެސް ހިމެނޭ: ވަޒީރު އިޙްސާން

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންގެ އިތުރުން ސިޔާސީ ދާއިރާގައި އުޅޭ ބައެއް ފަރާތްތައްވެސް ޝާމިލުވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ...

ކަސްޓަމްސް އަކީ އާމްދަނީ ހޯދައި ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި ކުރިން ދެކެވުނަސް މިއަދު މަސްއޫލިއްޔަތުތައް މާ މާފުޅާ: އިޙްސާން
Raajje

ކަސްޓަމްސް އަކީ އާމްދަނީ ހޯދައި ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި ކުރިން ދެކެވުނަސް މިއަދު މަސްއޫލިއްޔަތުތައް މާ މާފުޅާ: އިޙްސާން

އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިއަދު ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ސަބްގްރޫޕް” ގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ކަސްޓަމްސް އުސޫލުތަކާއި ބޯޑަރުގ...

ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތަކަށް "މައި ކެރިއަރ ޕޯޓަލް"
Raajje

ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތަކަށް "މައި ކެރިއަރ ޕޯޓަލް"

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް) އިން ތަރައްޤީކުރި “މައި ކެރިއަރ ޕޯޓަލް” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ޕޯޓަލަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ވޯލްޑްބޭންކުގެ އެހީގައި ކުރިއަ...

އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭނެ ރިހެބިލިޓޭޝަން ސެންޓަރެއް އަޅަން ފަށަނީ
Raajje

އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭނެ ރިހެބިލިޓޭޝަން ސެންޓަރެއް އަޅަން ފަށަނީ

އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިޢުލާނު ކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޑްރަގްގެ ފަރުވާ ފޯރުކޮށްދޭ މައިގަނޑު އެއް މަރުކަޒަކީ ކ. ހ...

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ފުރަތަމަ ދުވަހު 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
Raajje

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގެ ފުރަތަމަ ދުވަހު 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި”ގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ހޮނިހިރު ދުވަހު ފަށާފައިވާއިރު، މި ފިޔަވަހީގެ ފުރަތަމަ ދުވަހު އެކަނިވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 254 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ މި ޚާއްސަ އޮޕަރޭޝަންގައި...

އަދުލުވެރިކަމާއެކު ހައްގުތައް ކަށަވަރުކޮށްދޭނެކަމުގެ މެސެޖާއެކު ''މޭ ޑޭ''ގައި ސަރުކާރުން ހިނގާލުމެއް
Raajje

އަދުލުވެރިކަމާއެކު ހައްގުތައް ކަށަވަރުކޮށްދޭނެކަމުގެ މެސެޖާއެކު ''މޭ ޑޭ''ގައި ސަރުކާރުން ހިނގާލުމެއް

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މާލޭގައި ހާއްސަ ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުމުގައި ސަރުކާރުގެ ވަޒީރުންނާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން ޓްރޭޑް ޔޫނިއަންތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމާއި، އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. ހިނގާލުމުގެ ނިންމުމާ ގުޅުވައިގެން ރަސްފަންނ...

ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލަނީ
Raajje

ވީސާ ފީ ނުދައްކާ އުޅޭ ބިދޭސީން ފެނިއްޖެނަމަ ވަގުތުން ޑީޕޯޓްކޮށްލަނީ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ކުރަނގި އޮޕަރޭޝަން” ގެ ތިންވަނަ ފިޔަވަހި އަންނަ މޭ މަހުގެ ދެވަނަ ދުވަހު ފަށާނެކަމަށާއި އަދި މި އޮޕަރޭޝަންގެ ތެރެއިން ވިސާ ފީ ނުދައްކާ އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ، އެ މީހަކު ވަގުތުން ހައްޔަރުކޮށް ޑީޕޯޓްކޮށްލާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވި...

މި އަހަރުގެ މިހާތަނަށް 74 މިލިއަން ރުފިޔާގެ ޑްރަގް އަތުލެވިފައިވޭ: އިހްސާން
Raajje

މި އަހަރުގެ މިހާތަނަށް 74 މިލިއަން ރުފިޔާގެ ޑްރަގް އަތުލެވިފައިވޭ: އިހްސާން

މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލެވިފައިވާއިރު، އެ ތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 89 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި މާޗު މަހުގެ 5 ވަނަ ދުވަހުން ފެށި...

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީއަށް ލުއި ދީފި
Raajje

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީއަށް ލުއި ދީފި

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، ކޯޓާ ފީ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ސަރުކާރުން ހަމަޖައްސައިފިއެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ގެނެވުނު ބަދަލާއެކު އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެއެވެ. މީގެ ކުރިން ކޮންމެ ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާގެ ފީއެއް ދައްކަން […]

ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވާނެ: އިހުސާން
Raajje

ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވާނެ: އިހުސާން

ބޮޑީ ސްކޭނަރުގެ ސަބަބުން މާފުށީ ޖަލުން ކުރަމުން އައި ސްކޭމް ކޯލްތައް މަދުވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދެއްވައިފި އެވެ. މިޔަގީންކަން ވަޒީރު ދެއްވީ ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް ބޭނުންކުރަން […]