ދޮޅުމަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަން ސިނގިރޭޓު އަތުލައިގެންފި
ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކް މޯލްޑިވްސް ކަސްޓަމުން އަތުލައިގަނެފައި ވާކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އެކި ބަހާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމުން ހ...