ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހއ. ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ޙަވާލުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތަކާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ދިއްދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ދިއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޢަބުދުﷲ ރަޝީދެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވާފައި ވަނީ އިއްޔެ (28 ނޮވެމްބަރު 2025) ގައެވެ. މި މަރުކަޒު ތަރައްގީކޮށްފައި ވަނީ މިސ...