ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި
ދިވެހިރާއްޖޭގައި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ހާފިޒުންގެ އަދަދު 300 އަށް އަރާނެ ކަމަށެވެ. އަދި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ […]