ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ބަރުބަރީ މިސްކިތް ހުޅުވައިފި
މާލޭގައި ހުރި ދުވަސްވީ މިސްކިތެއް ކަމަށްވާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި މިސްކިތަކީ އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެހެން ޖާގަ ތަނަވަސްކޮށް، ރީތި ފަރުމާއަކަށް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ކެބިނެޓު ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން މ...