ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ
ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ކަނޑައިގެން އޮޔާދަނީ ރ. އަތޮޅު މާމުނަގައު ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމެއް ކަމަށެވެ. އެމްއެންޑީއެފުން ލަފާކުރާގޮތުގައި މި ޕްލެޓްފޯމް އޮޔާދާނެކަމަށް ބެލެވެނީ ކާށިދޫ ކަނޑުތެރެއަށެވެ. ”އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަން،” އެމްއެންޑީއެފުން ބުންޏެވެ. އެ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ...