ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ 340 ޒުވާނުން މާފިލާފުށްޓަށް
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު 340 ޒުވާނުން މިއަދު ޅ. މާފިލާފުށްޓަށް ފުރައިފިއެވެ. މި ޒުވާނުން މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ. ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. ދި...