ރާއްޖެ ސަރަހައްދަށް ވަގަށް ވަތް ތިން ބޯޓެއް އަތުލައިގެންފި
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ތިން ބޯޓެއް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ކޯސްޓްގާޑުން އަތުލައިގެންފިއެވެ. މި ބޯޓުތައް ހިފެހެއްޓީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ހިންގާ ޕެޓްރޯލް މަސައްކަތުގެ ތެރެއިންނެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ބޯޓެއް ފާހަގަކުރެވުމާ ގުޅިގެން، އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެނ...