ކާށިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނިތަކެއް އަނދައި ހުލިވެއްޖެ
ކާށިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނިތަކެއް އަނދައި ހުލިވެއްޖެއެވެ. މިހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ކ.ކާށިދޫ އެއްގަމަށް އެހެލާފައި އޮތް ދޯނިތަކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ”މި ހާދިސާގައި އެންމެ ފުރަތަމަ 00:56 ހާއިރު މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށް، އިތުރު ސަރަހައްދަކަށް އަލިފާން ފެތުރުމުގ...