މާފުށީ ޖަލުގައި ކުރިއަށްދާ އޮޕަރޭޝަންގައި ސިފައިން ބައިވެރިވޭ
ކ. މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަށް ހިންގާ ބޮޑު ނެޓްވޯކުގައި ތިބި މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިވަމުން އަންނަ ކަމުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފިއެވެ. މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ ހުކުރު ދުވަހުގެރެއެވެ. ޖަލަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވެނީ ކަރެކްޝަނަލް ސާވިސްގެ 18 އޮފިސަ...