މަގަށް އެޅުނު ކުލަތައް ސިފައިން ނުކުމެ ސާފުކޮށްފި
ކުލަފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތަކެއް މަގުމައްޗަށް ވެއްޓި ފާޓާތައް ފަޅައިގެން ގޮސް މަގުމައްޗަށް ކުލައެޅުމާއި ގުޅިގެން ސިފައިން ނުކުމެ އެތަން ސާފުކޮށްފިއެވެ. މި ކަމާއި ގުޅިގެން މިރޭ އެކްސްގައި އެމްއެންޑީއެފް އިން ކުރި ޕޯސްޓެއްގައި ބުނީ ކުލަފާޓާތަކެއް ބަރުކޮށްގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތައް ވެއްޓި މަގުމައްޗަށް ކުލައެޅުމާއި ގުޅިގެން، މަގުމަތީގައި ހުރި ކުލަތައް ސާފުކުރުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން...