ޓްރަމްޕްގެ އިލްތިމާސަށް ފަސް ގައުމަކުން އިންކާރު، އެމެރިކާއިން ބުނީ ''ހަނދާން ބަހައްޓާނެކަމަށް''
ހޯރްމުޒް ކަނޑުއޮޅީގައި އީރާނުން ގާއިމުކޮށްފައިވާ ބްލޮކޭޑް ނައްތާލުމަށް އެހީތެރިވުމުގެ ގޮތުން، އެ ސަރަހައްދަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އިލްތިމާސަށް ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަޕާން އަދި އޮސްޓްރޭލިއާއިން އިންކާރުކޮށްފިއެވެ. މި ގައުމުތަކުން މިގޮތަށް ނިންމުމަކީ ތިން ހަފުތާވީ މި ހަމަނުޖެހުމުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެކެވެ. މީގެ ކުރިން ގަލްފް ސަރަހައްދުގައި ހިންގި މިފަދަ އޮޕަރޭޝަންތަކާ ހިލާފަށް، މިފަހަރު “ހޯރްމ...