ގޮސް އަމިއްލަ އަށް ތެޔޮ ހޯދާ، ހަނގުރާމަ ދެތިން ހަފުތާތެރޭ ނިންމާލާނަން: ޓްރަމްޕް
ކުރިއަށް އޮތް ދެ ހަފްތާއެއް ނުވަތަ ތިން ހަފްތާއެއްގެ ތެރޭގައި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލަފާނެ ކަމަށާއި، ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރުވާލާފައިވާ މި ހަނގުރާމަ ނިންމުމަށް އެއްބަސްވުމެއް ކޮންމެހެން ބޭނުން ނުވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށިތާ ގާތްގަނޑަކަށް ފަސް ހަފްތާ ފަހުން، ސީދާކޮށްނާއި ނުސީދާކޮށް މެސެޖުތައް ބަދަލުކުރެވުނު ނަމަވެސް ވޮޝިންޓަނާއެކު...